Roadha Mihaaru
ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

01 މާޗް 2022

ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، މަޝްހޫރު ވިޔަފާރިވެރިޔާ ސަން އަހުމަދު ސިޔާމް މުހަންމަދުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ދ. މީދޫ ދާއިރާގެ މެމްބަރު ސިޔާމްގެ އިތުރުން، ސަން ޓްރެވެލްގެ އަނެއް ޑިރެކްޓަރު އަދި ސިޔާމްގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަން ވެސް، ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް މިދިޔަ މަހުގެ 9 ގައި ކުރި އަމުރުގައި އަންގާފައިވެ އެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ ކޯޓު އަމުރުތަކާ އެކު، އާންމު އުސޫލުން ވަގުތުން ޕާސްޕޯޓް ހިފަހައްޓަ އެވެ. ނަމަވެސް އިމިގްރޭޝަނުން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

ހިލްޓަންގެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތް:

● ނ. މެދުފުށީގައި ސަން ޓްރެވެލް އިން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގަން ހިލްޓަން އާ ހަވާލުކުރީ ފެބްރުއަރީ 27، 2009 ގައި.

● ދެ ފަރާތުގެ މެދުގައި ހަދާފައިވާ އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލް އިން، އެޕްރީލް 30، 2013ގައި އެއްބަސްވުން ބާތިލްކުރި. އެހެންވެ، މި މައްސަލަ ހިލްޓަން އިން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅި.

● އާބިޓްރޭޝަނުން އޮގަސްޓް 17، 2015ގައި މައްސަލަ ނިންމީ ސަން ޓްރެވެލްއާ ދެކޮޅަށް. އެއީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދޭން.

● އެ އަމުރު ތަންފީޒުކުރަން ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅި. އަދި ސިވިލް ކޯޓުން ވަނީ ސެޕްޓެމްބަރު 2020ގައި ސަން ޓްރެވެލްގެ އެކައުންޓްތައް ފްރީޒް ކޮށްފައި.