ނ. އިރުފުށި ރިސޯޓުގެ މައްސަލައިގައި ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ހިިފަހައްޓަން ސިވިލް ކޯޓުން ނެރުނު އަމުރުތަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ނ. އިރުފުށި ރިސޯޓުގެ މައްސަލައިގައި ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ހިިފަހައްޓަން ސިވިލް ކޯޓުން ނެރުނު އަމުރުތަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން ހިންގާ އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން އޮތީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް އަންގައިފަ އެވެ.
އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރަން ހިލްޓަން ކުންފުނިން ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ އަހަރު ބޭންކްތަކަށް އެންގީ ސަންގެ އެކައުންޓްތަކުގައި 28 މިލިއަން ޑޮލަރު ހުރި ނަމަ އެ ފައިސާ ހިފަހައްޓަން އަދި އެއަށް ވުރެ މަދުން ހުރި ނަމަ އެކައުންޓްތަކުގައި ހުރި ފައިިސާތައް އެއްކޮށް ހިިފެހެއްޓުމަށެވެ.
އެ މައްސަލަ ސަންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އާބިޓްރޭޝަންގެ ގާނޫނު އޮންނަ ގޮތުން އާބިޓްރޭޝަންގެ ނިންމުމެއް ތަންފީޒު ކުރަން ފިޔަވަޅުތައް އެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ. އެކަމަކު އެކައުންޓްތަކުގެ ފައިސާ ހިފަހައްޓަން އަމުރު ނެރުނު އިޖުރައާތު ރަނގަޅު ނޫން ކަމަށާއި އެކަމަކު އެއީ އެ އަމުރުތައް ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. އެ ބެންޗުގެެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
ސަންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކެއް ހިފަހައްޓަން ކުރި އަމުރުތައް ހައި ކޯޓުން ދެމެހެއްޓިއިރު، އިރުފުށި މައްސަލާގައި ހިލްޓަން ކުންފުނިން ސަން ކުންފުންޏަށް 16 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ވެސް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ. ހައި ކޯޓުގެ އެ ހުކުމަށް މިއަހަރު ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އަޣުލަބިއްޔަތު ރައުޔު ނެރުއްވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔަކީ އާބިޓްރޭޝަންގެ ނިންމުމެެއް ބަލައިގަތުމާއި ތަންފީޒު ކުރުމަކީ ގުޅިފައިވާ ދެ ކަންތައް ކަމަށް ވާތީ އާބިޓްރޭޝަންގެ ނިންމުމެއް ބަލައިނުގަތުމަށް ކޯޓުން ނުނިންމާ ނަމަ، އެ ނިންމުން ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އިތުރު މަރުހަލާއަކަށް ނުގޮސް، އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ކޯޓަށް ހުށަހެޅޭނެ ކަމަށާއި އެހެންވެ، ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަކީ އާބިޓްރޭޝަންގެ ނިންމުންތައް ބަލައިނުގަތުމަށް ނިންމުމުގެ ފުރުސަތު އާބިޓްރޭޝަންގެެ ގާނޫނުގެ ދަށުން ކޯޓުތަކަށް ލިބިގެންވާތީ އާބިޓްރޭޝަންގެ ކޮންމެ ނިންމުމަކީ އޮޓަމެޓިކުން ކޯޓުތަކުގައި ތަންފީޒުު ކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށެވެ. އެކަމަކު އެ ނިންމުން ބަލައިގަތުމާ މެދު ކޯޓުތަކުން ގޮތެއް ނިންމުމުގެ ކުރިން ވެސް، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
އެހެންވެ، ސިވިލް ކޯޓުން އަމަލުކުރި އިޖްރައާތު ރަނގަޅު ނޫން ކަމަށް ފަނޑިޔާރު ފަރުހީޒާގެ ރައުޔުގައިވެ އެވެ. އެކަމަކު މިވަގުތު އެ އަމުރުތައް ބާތިލް ކުރުމުން އެ މައްސަލަ އިތުރަށް ލަސްވާނެ ބެލެވޭތީ އާއި އިތުރަށް ލިބޭނެ ހައްލެއް ނެތުމުން އެ އަމުރު ބާތިލް ކުރެވެން ނެތް ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
އެ މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އާބިޓްރޭޝަންގެ ގާނޫނު އޮތްގޮތުން ރާއްޖެއިން ބޭރުގެ އާބިޓްރޭޝަނެއްގެ ނިންމުން ރާއްޖޭގައި ތަންފީޒު ކުރެވޭނީ އެ ނިންމުމެއް ރާއްޖޭގެ ކޯޓުތަކުން ފުރަތަމަ ބަލައިގަތުމަށް ފަހު ކަމަށެވެ. އެކަމަކު އެ މައްސަލާގައި އެ ނިންމުން ބަލައިގެންފައި ނެތުމުންނާއި އަމުރު ނެރުމުގައި އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ސިވިލް ކޯޓަށް ފިޔަވަޅު ނޭޅޭނެ އޭނާގެ ރައުޔުގައިވެ އެވެ. އެހެންވެ، އޭނާގެ ރައުޔަކީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކުރަންޖެހޭ ކަމަށެވެ.
ސަންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކެއް ހިފަހައްޓަން ކުރި އަމުރުތައް ހައި ކޯޓުން ދެމެހެއްޓިއިރު، އިރުފުށި މައްސަލާގައި ހިލްޓަން ކުންފުނިން ސަން ކުންފުންޏަށް 16 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ވެސް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ. ހައި ކޯޓުގެ އެ ހުކުމަށް މިއަހަރު ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ހިލްޓަނަށް ސަންއިން ފައިސާ ދިނުން ފަސްކުރަން އަމުރެއް
28 މިލިއަން ޑޮލަރު ދޭން ސަންއަށް އެންގީ ގޯސްކޮށް
ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ހިލްޓަނަށް ދެހަފުތާ ތެރޭ ފައިސާ ދޭން ސަންއަށް ޖެހިއްޖެ
ސަންގެ އެކައުންޓް ފްރީޒްކުރުމުގެ އަމުރު ހައި ކޯޓަށް
ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްފި
ހިލްޓަންގެ 16 މިލިއަން ޑޮލަރުގެ މައްސަލަ ހުކުމަށް
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
ސަން ޓްރެވަލްސަށް 16 މިލިއަން ދޭކަށް ނުޖެހޭ:ހިލްޓަން