ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
09 އެޕްރީލް 2023
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ތަކެތި އަތުލައިގަތީ، މިދިޔަ މަހު 29 އާއި 31 ގައި ކުރިއާ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެއަށް ގެނެސްފައިވާ ކޮސްމެޓިކްސް ޕެކޭޖުތަކެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެ ތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މަސްތުވާތަކެތި ފެނުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބަލައި ފާސްކުރި ދެ ޕެކޭޖެއްގެ ތެރޭގައި ހުރި ހަ ދަޅަކުންނާއި 31 ވަނަ ދުވަހު ބަލައި ފާސްކުރި ޕެކޭޖެއްގެ ތެރޭގައި ހުރި ހަތަރު ދަޅަކުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި.-- ފޮޓޯ: ކަސްޓަމްސް
އެ ބަޔާނުގައި ބުނީ އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 1.8 ކިލޯ ހުރި ކަމަށް ވެސް ބުންޏެވެ.
އެ ތަކެތީގެ މަގުމަތީ އަގަކީ 3,240,000ރ. ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
"މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހާވާލުކުރެވިފަ އެވެ،" ކަސްޓަމްސް އިން ބުންޏެވެ.
ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
ޕޯސްޓުން އެތެރެކުރަން އުޅުނު ޑްރަގްސް އަތުލައިގެންފި
ތައިލެންޑުން އައި 2 ދިވެހިން ޑްރަގާއެކު ހައްޔަރުކޮށްފި
ކަނޑުމަގުން ގެނައި ކިލޯއެއްގެ ޑްރަގު އަތުލައިގެންފި
ކަނޑުމަގުން ގެނައި 3.3 ކިލޯގެ ޑްރަގް އަތުލައިގެންފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
17 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
ކަސްޓަމްސް އިން 14 ކިލޯގެ ޑްރަގްސް އަތުލައިގަނެފި
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި