Roadha Mihaaru

ނިލަންދޫ ރިހާކުރު ފެކްޓަރީ: ފައިސާ އުފައްދާ މެޝިނެއް!

12 އެޕްރީލް 2023

މުޅި ފ. އަތޮޅުގެ ވެސް އެންމެ ހާއްސަ އެއް ކަމަކީ، ފަސް ރަށުގައި ވެސް އެ ރަށަކަށް ކޮންމެވެސް ހާއްސަ އެއް ކަމެއް އޮންނަ ކަމެވެ. އެއް ރަށަކީ ފާނައިގެ މަސްވެރިކަމުގައި އެންމެ އުހުގައި އޮތް ރަށެވެ. އަނެއް ރަށަކީ އާބާދީގެ ނިސްބަތުން އެންމެ މަސްވެރި ޒުވާނުން ގިނަ ރަށެވެ.

އިސްމާއިލް ނަސީރު ފ. ނިލަންދޫން އިސްމާއިލް ނަސީރު

މުޅި ފ. އަތޮޅުގެ ވެސް އެންމެ ހާއްސަ އެއް ކަމަކީ، ފަސް ރަށުގައި ވެސް އެ ރަށަކަށް ކޮންމެވެސް ހާއްސަ އެއް ކަމެއް އޮންނަ ކަމެވެ. އެއް ރަށަކީ ފާނައިގެ މަސްވެރިކަމުގައި އެންމެ އުހުގައި އޮތް ރަށެވެ. އަނެއް ރަށަކީ އާބާދީގެ ނިސްބަތުން އެންމެ މަސްވެރި ޒުވާނުން ގިނަ ރަށެވެ.

ދެން އޮތީ ނިލަންދު އެވެ. މި ރަށަކީ މަސްވެރި ރަށެކެވެ. މަސްވެރިކަމުގައި މި ސަރަހައްދުގައި ވެސް ނަގާ ކިޔާ ރަށެކެވެ. އޭގެ އަނެއްކޮޅުން މި ރަށުގައި ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ރިހާކުރު އުފެއްދުމުގައި ވަރަށް ބޮޑަށް ކުރި ހޯދައިފި އެވެ.

ނިލަންދޫގައި ވަޅޯ މަސްތަކެއް ހިއްކަން ބަހައްޓާފައި -- ފޮޓޯ: މިހާރު

ނިލަންދޫގައި ވަޅޯ މަސްތަކެއް ހިއްކަން ބަހައްޓާފައި -- ފޮޓޯ: މިހާރު

"މިއީ އަހަރެމެންގެ މަސައްކަތް،" ރިހާކުރު އުފެއްދުމުގައި ގާތްގަނޑަކަށް 10 އަހަރު ހޭދަކޮށްފައިވާ އަޒީޒާ މުހަންމަދު ބުންޏެވެ.

އޭނާ އާއި އޭނާގެ ފިރިމީހާގެ މަސައްކަތަކީ ކޮންމެ ދުވަހަކު އެ މީހުންގެ ރިހާކުރު ފެކްޓަރީގައި ވަޅޯ މަހާއި ރިހާކުރު އުފެއްދުމެވެ. އެއީ، އެ މީހުންގެ ފައިސާ އުފައްދާ މެޝިނެވެ.

ނިލަންދޫގައި ވަޅޯ މަސްތަކެއް ހިއްކަން ބަހައްޓާފައި -- ފޮޓޯ: މިހާރު

ނިލަންދޫގައި ވަޅޯ މަސްތަކެއް ހިއްކަން ބަހައްޓާފައި -- ފޮޓޯ: މިހާރު

މި ރަށުގެ ވަކި ސަރަހައްދެއްގައި ރިހާކުރާއި ވަޅޯމަސް ހަދަން ގޯތިތަކެއް ހުރީ ދޫކޮށްފަ އެވެ. އެއީ، މަހަކު 375ރ. އަށް ދޫކޮށްފައިވާ 2500 އަކަފޫޓުގެ ގޯތިތަކެކެވެ.

"ކުރިން ބައެއް މީހުން އަމިއްލަ އަށް އެކި ގޭގޭގައި މިކަން ކުރަމުން އައީ. އެކަމަކު މިހާރު މި ގޯތިތައް ދޫކުރީމަ، މި ތާނގައި އަށިތައް އަޅައިގެން، ރިހާކުރު ކައްކަން ވެސް ވަކި ތަންތަން ހަދައިގެން މިކަން ކުރަނީ،" ރިހާކުރު ކައްކާ އަންހެނަކު ބުންޏެވެ.

ނިލަންދޫގައި މަސް ކައްކަން ހަދާފައި ހުރި އުނދުނެއް -- ފޮޓޯ: މިހާރު

ނިލަންދޫގައި މަސް ކައްކަން ހަދާފައި ހުރި އުނދުނެއް -- ފޮޓޯ: މިހާރު

"މިހާރު މިކަން ވަރަށް ފުޅާވެއްޖެ. އެކި ރަށްރަށުން ވެސް އަންނާނެ މަސް ގަންނަން. ރިހާކުރު ވެސް ގަންނަން. އަދި މިތަނަށް މަސް ކިރަން ވެސް ދޯނިފަހަރު އަންނާނެ."

ފަސް ބިމެއްގައި މިހާރު ރިހާކުރު ކުދި ފެކްޓަރީތައް ހަދައިގެން އެ މަސައްކަތް ކުރެ އެވެ. ގޯތީގެ ދެބައިކުޅަ އެއްބައިގައި މަސް ކައްކާއިރު، އަނެއްބައި އޮންނަނީ އަށިތައް ހަދައިފަ އެވެ. އަދި މަސް ކައްކައި ނިމުމަށް ފަހު އެ އަށިތަކުގައި މަސްތައް އަވީލަ އެވެ. މަސް ކައްކަން ހަދާފައި ހުންނަ ތަނުގައި ބޮޑު ދެ ޓޭންކަށް ފެން އަޅައި މަސް ކެއްކޭނެ އިންތިޒާމު އޮންނަނީ ހަމަޖައްސައިފަ އެވެ.

ނިލަންދޫގައި މީހަކު މަސް ކައްކަނީ --  ފޮޓޯ: މިހާރު

ނިލަންދޫގައި މީހަކު މަސް ކައްކަނީ -- ފޮޓޯ: މިހާރު

"ކޮންމެ ތަނެއްގައި ވެސް އުޅޭނެ މަދުވެގެން ހައެއްކަ މީހުން،" އަޒީޒާ ބުންޏެވެ.

އަޒީޒާ އާއި އޭނާގެ ފިރިމީހާ އާ ދެ މީހުން އެކަނި ވެސް، އެތައް ސަތޭކަ ކިލޯއެއްގެ މަސް ކޮންމެ ދުވަހަކު ވެސް ކައްކަ އެވެ. އަޒީޒާ ބުނާ ގޮތުން މަސް ލިބޭ ނަމަ، ބައެއް ދުވަސްދުވަހު ތިން ޓަނުގެ މަސް ވެސް ކައްކަން ޖެހެ އެވެ.

"ހުންނާނެ ވަރަށް ގިނައިން އެވަރަށް ކައްކައިގެން ރިހާކުރަށް ވެސް ހަދާފައި،" އޭނާ ބުންޏެވެ.

ޓޭންކު ޖޫސް ވަރުގެ ފުޅިއެއްގެ ރިހާކުރު މި ތަނުން ވިއްކަނީ 300ރ. އަށެވެ. އަޒީޒާ ބުނާ ގޮތުގައި ރިހާކުރަށް އެންމެ ބޮޑު މާކެޓެއް އޮތީ ރަށުގަ އެވެ.

ނިލަންދޫގައި މީހަކު މަސް ކައްކަނީ: މިއީ ބުރަ ކަމެއް، އެކަމަކު ފައިދާ ބޮޑު ކަމެއް -- ފޮޓޯ: މިހާރު

ނިލަންދޫގައި މީހަކު މަސް ކައްކަނީ: މިއީ ބުރަ ކަމެއް، އެކަމަކު ފައިދާ ބޮޑު ކަމެއް -- ފޮޓޯ: މިހާރު

"މާލޭ ބާޒާރަށް ބޭނުންވާ ވަރަށް އަހަރެމެންނަށް ނުއުފެއްދެނީ. އެކަމަކު ވަރަށް ޑިމާންޑް އެބައޮތް. އެވަރަށް ނުވެއް އުފެއްދޭ. ރަށަށް ބޭނުންވާ ވަރަށް ކިރިޔާ މި އުފައްދާލެވެނީ،" އޭނާ ބުންޏެވެ.

އެކަމަކު މި ކުދި ފެކްޓަރީތަކުގައި އުފައްދާ ވަޅޯ މަސް ވިއްކަން ގެންދަނީ މާލޭ ބާޒާރަށެވެ. މި ތަނުގައި މަސައްކަތް ކުރާ މީހުން ރޯ މަސް ގަނެ، ކަނޑައި މިތަނަށް ގެނައުމުން އަންހެނުން އެ ކައްކައި ނިމި ހިއްކުމާ އެކު، މާލޭގެ ސަޕްލަޔަރުން ގޯނިގޯންޏަށް އަޅައިގެން އެ މާލެ ގެންދެ އެވެ.

"ކިލޯއެއް 50ރ. ގެ މަގުން އަހަރެމެން ވަޅޯމަސް މި ވިއްކަނީ،" އޭނާ ބުންޏެވެ.

"ރިހާކުރުން އެކަނި ވެސް މަހެއްގެ މައްޗަށް އަހަރެމެންނަށް ތަނަކަށް ލިބޭނެ 30،000ރ. ގައިމުވެސް އަހަންނަށް ލިބޭ."

ނިލަންދު އަށް މަސް ކިރަނީ: ވަޅޯ މަހާއި ރިހާކުރު އުފެއްދުމުގައި މިއީ މަޝްހޫރު ރަށެއް -- ފޮޓޯ: މިހާރު

ނިލަންދު އަށް މަސް ކިރަނީ: ވަޅޯ މަހާއި ރިހާކުރު އުފެއްދުމުގައި މިއީ މަޝްހޫރު ރަށެއް -- ފޮޓޯ: މިހާރު

ރަނގަޅު މަސައްކަތެކެވެ. އަޒީޒާ ބުނި ގޮތުގައި މިއީ އާމްދަނީ ހޯދަން ހަމަ އެންމެ ރަނގަޅު އެއް މަސައްކަތެވެ. އޭނާ ބުނާ ގޮތުން ވަޅޯ މަހާއި ރިހާކުރަކީ ދިވެހިންނަށް ދުވަހަކު ވެސް ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. އެހެންވެ، އެއީ އޭނާ އަށް ވެސް ނިމުމެއް އަންނާނެ އާމްދަނީއެއް ނޫނެވެ.