Roadha Mihaaru
ބަނދަރާ އެކު މި ރަށުން އެހެން މަންޒަރެއް

ފޮޓޯ ސްޓޯރީ: ބަނދަރާ އެކު މި ރަށުން އެހެން މަންޒަރެއް

28 މާޗް 2023

ފ. ދަރަނބޫދޫގައި ކުރިން ހަދާފައި އޮތް ބަނދަރު ކުޑަވެ، ޒަމާނީ ފަޅުއޮޑިފަހަރަށް އުނދަގޫވާން ފެށުމާ އެކު އެ ރަށުގެ ބަނދަރު ހެދުމުގެ އާ މަޝްރޫއެއް ފަށައި، އެ ބަނދަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމި ބޭނުން ވެސް ކުރަން ފަށައިފަ އެވެ.

މުޅިން އާ ޑިޒައިނަކަށް ހެދި ބަނދަރާ އެކު، އެ ރަށަށް ލިބުނު އެންމެ ބޮޑު އެއް އުފާވެރި ކަމަކީ، ބަނދަރުގެ ކަނޑު ތޮއްޓާއި ފަޅާ ދޭތެރޭ އިން ބައެއް ހިއްކައި ވަރަށް ރީތިކޮށް އެތަން ހެދުމެވެ.

ދަރަނބޫދޫ ބަނދަރު ސަރަހައްދުގައި ކުޑަކުއްޖަކު ސްކޭޓް ކުރަނީ: މިއީ މިހާރު މި ރަށުގައި ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ކަމެއް -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫ ބަނދަރާ އެކު ބަނދަރުގެ ޖެޓީގައި އަޅަމުން އަންނަ ކުޑަ ޓާމިނަލްއެއް ކައިރީގައި ސްކޭޓް ކުރަނީ: މި ރަށުގެ ބަނދަރު މިހާރު ވަނީ އެއްކޮށް ނިމިފައި. -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދު އަކީ ދިރިއުޅޭ އާބާދީގައި 500 ވަރަކަށް މީހުން ދިރިއުޅޭ ރަށެއް. ރަށުގެ އާބާދީ ކުޑަޔަސް މި ރަށަކީ ހިތް ފަސޭހަ ރަށެއް. އެކަށީގެންވާ ރަނގަޅު ތައުލީމެއް ލިބޭ ރަށެއް. -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫގައި ކުޑަކުއްޖަކު ސްކޭޓް ކުރަނީ: ބަނދަރާ އެކު ޖެޓީއެއްގެ ބައެއްގެ ގޮތުގައި އޮތް ފުޅާ ސަރަހައްދު ވެގެން ދިޔައީ އެ ރަށު މީހުން ހިތްހަމަ ޖައްސާލައި، ކުޅެލާ ހަދަން ދާން ރަނގަޅު ސަރަހައްދަކަށް. -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫގައި ސްކޭޓް ކުރަނީ: މި ކުދިން ވަރަށް ގިނަ ދުވަސް ދުވަހު ހަވީރު މިތަނަށް އައިސް ސްކޭޓް ކުރޭ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ބަނދަރު ސަރަހައްދުގައި ދަރަނބޫދޫ ކުޑަކުދިން ސްކޭޓް ކުރަނީ: މި ރަށުގެ ބަނދަރު ރަސްމީކޮށް އަދި ހުޅުވައިފައި ނުވިޔަސް ބަނދަރުގެ ބޭނުން މިހާރު ވަނީ ކުރަން ފަށައިފައި. މި އަހަރުގެ ތެރޭގައި ބަނދަރު ރަސްމީކޮށް ހުޅުވާނެ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫ ކުދިންތަކެއް ސްކޭޓް ކުރަނީ: މި ރަށުގައި ބިން އެބައޮތް. ބިން ފުރޭނެ ކަމަށް ކުރެވޭ އަންދާޒާއެއް ވެސް ނެތް. އެކަމަކު، ރަށަށް ދިމާވެފައި އޮތް މައްސަލައަކީ ރަށުގެ އާބާދީ އިތުރު ނުވުން. -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫގައި ކުރިން ވެސް ބަނދަރެއް އޮވޭ. އެކަމަކު އެ ބަނދަރު ކުޑަވުމާއި ނެރު ތިލަވުމުގެ ސަބަބުން ހިކިދިޔައިގައި ދޯނި ފަހަރަށް އޮންނަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައި. ކުރިން ފަޅަށް ވަންނަ ބައެއް ދޯނިފަހަރު ޖާގަ ނެތިގެން އަނބުރާނުލެވިފައި އޮންނަން ޖެހޭ. އާ ބަނދަރާ އެކު އެ މައްސަލަ އަށް ވަނީ ހައްލު ލިބިފައި -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ކުޑަ ކުއްޖަކު ސްކޭޓް ކުރަނީ: ދަރަނބޫދު އަކީ މީސްކޮޅު މަދު ރަށެއް. ރަށުގެ އަމާންކަމާއި ހިތްގައިމު ކަމުގައި މި ކުދިން މިހެން ކޮންމެ ދުވަހަކުހެން ވެސް ބަނދަރު ސަރަހައްދަށް ނުކުމެ ކުޅެލައި ހަދާ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫގައި ދެ ކުއްޖަކު ސްކޭޓް ކުރަނީ: މި ރަށަށް މިހާރު ބޭނުންވާ އެންމެ މުހިންމު ކަމަކީ އާބާދީ ރަށުގައި ހިފެހެއްޓުން. ރަށުގެ ތަރައްގީ އަށް ވެސް އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ރަށު ކައުންސިލުން ދެކޭ. އާބާދީ ބޮޑުވުމަކީ ރަށް ތަރައްގީ ކުރަން ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް. އެހެންވެ ކައުންސިލުން މިހާރު އަންނަނީ ބޮޑުވަމުން އަންނަ ޖީލު ރަށުގައި ދިރިއުޅެވޭނެ ގޮތްތަކެއް ބަލަމުން -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު