13 އެޕްރީލް 2023
ދުނިޔޭގެ ކޮންމެ ގައުމަކުން ލަވައެއް ކަވަ ކުރަމުން ސޯޝަލް މީޑިއާގައި، ހާއްސަކޮށް ޓިކްޓޮކްގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކޮންޓެންޓް ކްރިއޭޓާ ކެރަލިއަސް، ރާޅުގަނޑު ބޮޑުބެރުގުރޫޕްގެ ހިޓު "ބާރަށް ދުއްވާ" ލަވަ ކިޔައިފި އެވެ.
ދުނިޔޭގެ ކޮންމެ ގައުމަކުން ލަވައެއް ކަވަ ކުރަމުން ސޯޝަލް މީޑިއާގައި، ހާއްސަކޮށް ޓިކްޓޮކްގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކޮންޓެންޓް ކްރިއޭޓާ ކެރަލިއަސް، ރާޅުގަނޑު ބޮޑުބެރުގުރޫޕްގެ ހިޓު "ބާރަށް ދުއްވާ" ލަވަ ކިޔައިފި އެވެ.
ކެރަލިއަސްގެ ޓިކްޓޮކްގައި ބުދަ ދުވަހު ޕޯސްޓުކޮށްފައިވާ އެ ލަވައިގެ ކަވައަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.
އޭނާގެ ވީޑިއޯއަށް ވަރަށް ގިނަ ދިވެހިންގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ.
ކެރަލިއަސްގެ ވީޑިއޯ އަށް އައްޒަ ކޮށްފައިވާ ކޮމެންޓުގެ ސްކްރީން ޝޮޓެއް
ވީޑިއޯ އަށް ކޮމެންޓުކުރަމުން އެކްޓްރެސް މަރިޔަމް އައްޒަ ބުނީ، އެ ލަވައިގެ ކެރަލިއަސްގެ ވާޝަން އަޑުއަހާލުމުން ވަރަށް އުފާވެރި އިހުސާސެއް ލިބޭ ކަމަށާއި، އެ ކަވަ ވަރަށް ފުރިހަމަ ކަމަށެވެ. އެ ކޮމެންޓަށް ރިޕްލައި ކުރަމުން ކެރަލިއަސް ވަނީ ރާއްޖެ އަންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އައްޒަގެ އިތުރުން، ޓިކްޓޮކް ތަރި ޝަޒީލާ އިބްރާހިމް ވެސް އެ ވީޑިއޯ ރީތިވެގެން ކޮމެންޓުކޮށްފައިވެ އެވެ. ގިނަ ދިވެހިން ވަނީ ކެރަލިއަސްގެ ދިވެހި ބަސްކިޔުމުގެ ރީތިކަމަށް ތައުރީފުކޮށްފަ އެވެ.
އޮސްޓްރޭލިއާ މީހެއް ކަމަށްވާ ކެރަލިއަސް މިހާތަނަށް 121 ގައުމެއްގެ ލަވަ ކިޔާފައި ވާއިރު، ރާއްޖޭގެ ލަވަކިޔާފައި ވަނީ 119 ވަނަ އަށެވެ. އާންމުކޮށް އޭނާ ކަވަކޮށް އުޅެނީ ރެޕްލަވަތަކެވެ. ކަރެލިއަސް މި ޗެލެންޖު ފަށައި، އެންމެ ފުރަތަމަ ލަވައެއް ކަވަ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ.
ތަފާތު ގައުމުތަކުން، ތަފާތު ލަވަތައް ކަވަކުރަން، ކެރަލިއަސް ވަރަށް ސަމާލުކަންދެ އެވެ. ދުބާއީގައި މިހާރު ކިޔަވަމުން އަންނަ ކެރަލިއަސް އާ ހަވާލާދީ އެ ސިޓީގެ ނޫހަކުން ރިޕޯޓުކުރި ގޮތުގައި، އޭނާ ސޯޝަލްމީޑިއާގެ ވީޑިއޯތައް ރެކޯޑުކުރުމުގެ ކުރިން ގިނަ ލަވަތައް ހިތުދަސްކޮށް، އެ ގައުމުތަކުގެ ބަސްތައް ކިޔަން ދަސްކުރެ އެވެ.
"ސަމުގާ" މައްސަލާގައި މިއުޒީޝަނުންގެ ބޮޑު ކޯޅުމެއް
ހިޔަލަ ގްރޫޕުން އީދަށް ބޯކިބާ ފޮރުވައިފި
ދިވެހި ލަވައެއްގައި މަލިކުގެ ފަންނާނުން
"ފެނި ފަތިހު ފިނީ"ގައި ޝަމްވީލް
ފެޒޫ އެންމެފަހުން މިވީ އެންމެ މޮޅު އަންހެން ކެޔޮޅަށް!
ފުރާޅެއް: މި ކިޔައިދެނީ އޭރުގެ އުފާވެރި ހަނދާންތައް
ޝަމްވީލްގެ "ލަވް މެޝަޕް 5" ވީޑިއޯއަށް ތަރުހީބު ބޮޑު
ސިމްބޮލިކަށް 10 އަހަރު؛ ނެރުނީ ކާމިޔާބީގެ ލަވައެއް
އަންހެނުންގެ ދުވަހަށް ސްކައިރޮކްގެ ލަވައެއް
މާދަރީބަހުގެ ދުވަހަށް ޝަފީގާގެ ހަދިޔާއެއް