Roadha Mihaaru
ޑްރަގް އެތެރެކުރަނިކޮށް އަނެއްކާވެސް އަތުލައިގެންފި

ޑްރަގް އެތެރެކުރަނިކޮށް އަނެއްކާވެސް އަތުލައިގެންފި، މިއަދު ހަތަރު ކިލޯ

13 އެޕްރީލް 2023

ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފައި ވަނިކޮށް، ފަސް ކިލޯއާ ގާތްކުރާ އަދަދެއް މިއަދު ވެސް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފައި ވަނިކޮށް، ފަސް ކިލޯއާ ގާތްކުރާ އަދަދެއް މިއަދު ވެސް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

އިއްޔެ ފަސް ކިލޯގެ ޑްރަގްސް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ އިތިއޯޕިއާ މަގުން ރާއްޖެ އައި އިންޑިއާގެ އަންހެނެއްގެ އަތުންނެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި މިއަދު ޑްރަގް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ ރާއްޖެ އައި ޕާކިސްތާނު މީހެކެވެ.

ކަސްޓަމްސުން ބުނިގޮތުގައި ކަރާޗީން ވައިގެ މަގުން ރާއްޖެ މިއަދު އައި 53 އަހަރުގެ އެ މީހާއާ މެދު ޝައްކުވެގެން ބެލިއިރު އޭނާ އަތުން 4.9 ކިލޯގެ ހެރޮއިން ވަނީ ފެނުނެވެ. އެ ތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއި އެ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭ ކުށެކެވެ. އެހެން ނަމަވެސް ޑްރަގް އެތެރެކުރާ ބިދޭސީން ގައުމަށް އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބޭ ގޮތަށް މިހާރު ވަނީ ގަވާއިދު ހަދައިފަ އެވެ.