ޖެނީވާ، ސްވިޒަލެންޑް (އޭޕްރީލް 18) - އިންޑޮނޭޝިއާގެ ބާލީގައި ކުޅެން ތާވަލް ކުރެވުނު ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި އިސްރާއީލް ބައިވެރިކުރަން ދެކޮޅު ހެދުމުން، ފީފާ އިން އެ ފުރުސަތު އިންޑޮނޭޝިއާ އަތުން އަތުލައި އާޖެންޓީނާގައި މުބާރާތް ބާއްވާގޮތަށް ނިންމައިފި އެވެ.
ޖެނީވާ، ސްވިޒަލެންޑް (އޭޕްރީލް 18) - އިންޑޮނޭޝިއާގެ ބާލީގައި ކުޅެން ތާވަލް ކުރެވުނު ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި އިސްރާއީލް ބައިވެރިކުރަން ދެކޮޅު ހެދުމުން، ފީފާ އިން އެ ފުރުސަތު އިންޑޮނޭޝިއާ އަތުން އަތުލައި އާޖެންޓީނާގައި މުބާރާތް ބާއްވާގޮތަށް ނިންމައިފި އެވެ.
މުބާރާތުގެ ގުރުއަތުލުން ބާލީގައި ބާއްވަން ހަމަޖެހިފައި ވަނިކޮށް، މުބާރާތް އެ ގައުމުގައި ނުބާއްވާ ގޮތަށް ނިންމީ ބާލީގެ ގަވަރުނަރު ވަޔާން ކޮސްޓާ، އެ ގައުމުގައި ބާއްވާ މުބާރާތެއްގައި އިސްރާއީލް ބައިވެރިކުރަން ދެކޮޅު ހެދުމުންނެވެ. ގަވަރުނަރު ވަނީ ގުރުއަތުލުމުގެ ރަސްމިއްޔާތު ކެންސަލް ކޮށްފަ އެވެ.
"މި އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް، އާޖެންޓީނާގައި ބާއްވަން ހަމަޖެހިފައި ވާކަން ފީފާ އިން އުފަލާއެކު އާއްމުކޮށް އަންގައި އިއުލާން ކުރަން. ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އިން ވަނީ މާދަމާގެ ތަރިންނަށް އެގައުމުގެ ދޮރު ހުޅުވާލައިފައި،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.
"ފުޓުބޯލައިން ނޭވާލައި ދިރިއުޅޭ ގައުމެއްގައި މި އަހަރުގެ މުބާރާތް ބޭއްވުމަކީ މާދަމާގެ ތަރިންނަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ."
އާޖެންޓީނާގައި މެއި މަހުގެ 20 އިން ޖޫން 11 ގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތުގެ ގުރުއަތުލުން ބާއްވަން ހަމަޖެހިފައި ވަނީ ފީފާގެ ހެޑްކުއާޓާސް ހުންނަ ސްވިޒަލެންޑްގެ ޒިއުރިޗުގައި އަންނަ ހުކުރު ދުވަހު އެވެ.
އިންޑޮނޭޝިއާ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދިނީ 2019 ވަނަ އަހަރެވެ. އޭރު އިޒްރޭލް މި މުބާރާތަށް އަދި ކޮލިފައި އެއް ނުވެ އެވެ. މިއީ އިޒްރޭލް މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެޓީމު ކޮލިފައިވީ މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ޔޫރޯ މުބާރާތުގެ ރަނަރަޕް ޓީމުގެ ގޮތުގަ އެވެ.
ދެކުނު އެމެރިކާ އިން މި މުބާރާތަށް ކޮލިފައިވި ހަތަރު ޓީމުގެ ތެރޭގައި އާޖެންޓީނާ ނުހިމެނެ އެވެ. މި މުބާރާތަށް ކޮލިފައިވާން މި އަހަރު ބޭއްވި ދެކުނު އެމެރިކާގެ 20 އަހަރުން ދަށުގެ މުބާރާތުގައި އާޖެންޓީނާ ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
އެހެން ނަމަވެސް ހޯސްޓުގެ ގޮތުގައި މި އަހަރު ވާދަކުރާ އާޖެންޓީނާ ވަނީ މީގެ ކުރިން 16 ފަހަރު 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އަދި ހަ ފަހަރު ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޑިއޭގޯ މަރަޑޯނާ އާއި ލިއޮނެލް މެސީ އަދި ސާޖިއޯ އަގުއެރޯ ވެސް ވަނީ މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
އިޒްރޭލަށް ފިޔަވަޅު އަޅަން ފީފާއިން ނުކުޅެދިފައި
އަދަބުދިނުން ފަސްކުރުމުން އިޒްރޭލް އޮލިމްޕިކްސް އަށް
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ވޯލްޑްކަޕްގައިވެސް ބަނގުރާ ހުއްދައެއް ނުދޭނަން: ސައުދީ
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
ޕާކިސްތާނަށް ފީފާގެ ސަސްޕެޝަނުގައި ހެޓްރިކެއް
ފީފާގެ ކޮންސަލްޓަންޓް ޖައު އެފްއޭއެމަށް ވެސް ލަފާދޭ
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
2034 ގެ ވޯލްޑް ކަޕް އޮންނާނީ ސައޫދީގައި