އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި 341 ފުޓްބޯލަ ކުޅުންތެރިން މަރާލައިފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި 341 ފުޓްބޯލަ ކުޅުންތެރިން މަރާލައިފަ އެވެ.
ރަޝިއާ އިން 2022 ވަނަ އަހަރު ޔޫކްރޭނަށް ހަމަލާ ދޭން ފެށުމުން ފީފާ އާއި ޔޫއެފާ އަދި އެ ނޫން ވެސް ކުޅިވަރުގެ މައި އިދާރާތަކުން ރަޝިއާ އަށް ވަގުތުން ފިޔަވަޅު އަޅައި، ކުޅިވަރުގެ ހަރަކާތްތަކުން ސަސްޕެންޑް ކުރި އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި އެއްވެސް ކުޅިވަރު އިދާރާއަކަށް އެތަނެއް ނުފެނުނެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދޭން ފެށުމާ އެކު ބަދަލު ހިފުމަށް ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދޭން ފެށުމުން، ސެޕްޓެމްބަރު މަހުން ފެށިގެން އިޒްރޭލުން އަންނަނީ ލުބްނާނަށް ވެސް ހަމަލާ ދެމުންނެވެ.
ލުބްނާނަށް ދޭ ހަމަލާތަކުގައި އެގައުމުގެ ހަ ކުޅުންތެރިޔަކު ވަނީ މަރާލައިފަ އެވެ. އިޒްރޭލުން ދިން ހަމަލާގައި ލުބްނާނުގެ އަންހެން ގައުމީ ޓީމުގެ 19 އަހަރުގެ ކުޅުންތެރިޔަކަށް ޒަހަމްވެ، އޮތީ ސީރިއަސް ހާލަތެއްގަ އެވެ. ހަމަލާތަކާ ގުޅިގެން ލުބްނާނުގެ ފުޓްބޯޅަ ހަރަކާތްތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
އިޒްރޭލުގެ ކްލަބްތައް ފީފާ އާއި ޔޫއެފާ މުބާރާތްތަކުގައި ބައިވެރިވަމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި އެގައުމުން ވަނީ ނޭޝަންސް ލީގުގައި ވެސް ކުޅެފަ އެވެ. އިޒްރޭލުގެ ހޯމް މެޗުތައް ކުޅެމުން އަންނަނީ ހަންގޭރީގަ އެވެ. ކްލަބް ފުޓްބޯޅައިގައި ޔޫރޮޕާ ލީގު ކުޅޭ އިޒްރޭލުގެ ކްލަބްގެ ހޯމް މެޗުތައް ކުޅެނީ ސާބިއާގަ އެވެ. ބައެއް ގައުމުތަކާ ދެކޮޅަށް ކުޅޭ އަވޭ މެޗުތައް ހަންގޭރީގައި ވެސް ކުޅެ އެވެ. ނަމަވެސް ޕޯޗުގަލް، ނެދަލެންޑްސް، ނޯވޭ، އިޓަލީ އަދި ފްރާސަށް ގޮސް އިޒްރޭލު ކުޅުންތެރިން ވަނީ އަވޭ މެޗުތައް ކުޅެފަ އެވެ.
މި މަހުގެ ހަތްވަނަ ދުވަހު ޔޫރޮޕާ ލީގުގައި ނެދަލެންޑްސްގެ އަޔެކްސްއާ ދެކޮޅަށް އެމްސްޓަޑޭމްގައި ކުޅުނު މެޗުގެ ކުރިން ތެލް އަވީވްގެ ސަޕޯޓަރުންތަކެއް ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. އެގޮތުން އެ ސިޓީގައި ހުރި ފަލަސްތީނުގެ ދިދަތަކެއް ނަގައި އެއްލާލަލި އެވެ. އެ ސަރަހައްދުގައި ހަރަކާކާތްތެރިވި އާއްމުންނަށް ހަމަލާދީ، މަރުގެ އިންޒާރު ވެސް ދިން ކަމަށް ނެދަލެންޑްސްގެ ލޯކަލް މީޑީއާތަކުން ބުންޏެވެ.
އެ މެޗު ކުރިއަށް ގެންދިޔައީ ބައި ލައްކައަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. މެކާބީ ތެލް އަވީލް ވަނީ އެ މެޗުން 5-0 އިން ބަލިވެފަ އެވެ.
ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅި ނަމަވެސް، އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އަޅަން ފީފާ އަށް ވަނީ ނުކުޅެދިފަ އެވެ. ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން 2014 ވަނަ އަހަރުން ފެށިގެން ފީފާގައި އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލަމުން އައި ނަމަވެސް މިއަދާ ހަމައަށް އިޒްރޭލުގެ އެއްވެސް އަމަލެއް ކުށްވެރި ކުރަން ފީފާ ވަނީ ފަސްޖެހިފަ އެވެ.
ޔޫރަޕްގެ ބައެއް އެސޯސިއޭޝަންތަކުން ރަޝިޔާއާ ދެކޮޅަށް ކުޅެން ދެކޮޅު ހެދި އިރު، ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ވަނީ 2022 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ކުޅެން ރަޝިޔާ އަށް ދަތުރު ނުކުރާނެ ކަމަށް ބުނެފަ އެވެ. މިއާ އެކު ރަޝިޔާގެ ސަބަބުން އެހެން ގައުމަކަށް އޭގެން ނުރައްކަލެއް ވެދާނެ ކަމަށް ބަލައި ރަޝިޔާގެ ޓީމުތައް މުބާރާތްތަކުގައި ބައިވެރިވުން މަނާ ކުރި އެވެ.
އެއާ ހިލާފަށް އިޒްރޭލުން ޔޫއެފާގެ މެމްބަރެއްގެ ގޮތުގައި އޮންނަތާ 30 އަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ޔޫރަޕްގެ އެއްވެސް އެސޯސިއޭޝަނަކުން އެގައުމުގެ ގައުމީ ޓީމާއި ކްލަބްތަކާ ދެކޮޅަށް ކުޅެން ވެސް ދެކޮޅު ހަދާފައެއް ނުވެ އެވެ.
ފަލަސްތީނުގެ ބިމުގައި ޔަހޫދީންނާއި އިނގިރޭސީން ވެގެން 1928 ވަނަ އަހަރު، ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަން އުފައްދައި، ފީފާގެ މެމްބަޝިޕް ހޯދައި މެންޑެޓަރީ ފަލަސްތީން ގައުމީ ޓީމް ނަމުގައި މުބާރާތްތަކުގައި ވާދަކުރަން ފެށި އެވެ. އެއަށް ފަހު 1948 ވަނަ އަހަރު އިޒްރޭލް އުފެދުމާ އެކު، އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަންގެ ނަމަށް ބަދަލު ކުރީ އެވެ.
އޭޝިއާ ފުޓްބޯޅައިގެ މައި އިދާރާގެ ދަށުގައި 1954 އިން ފެށިގެން އޮތް އިޒްރޭލާ ދެކޮޅަށް ކުޅެން އަރަބި ގައުމުތަކުން ދެކޮޅު ހެދުމާ ގުޅިގެން އެ ގައުމު އޭއެފްސީން ވަކިވީ 1974 ގަ އެވެ. އަދި ޔޫއެފާއާ ގުޅުނީ 1992 ވަނަ އަހަރެވެ.
ފަލަސްތީނުގެ އަރަބިން ތަމްސީލުވާ ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަން އުފެދުނީ 1962 ގަ އެވެ. އަދި 1974 ގައި އަރަބި ފުޓްބޯޅަ ޔޫނިއަން އުފެއްދީ ފަލަސްތީނު ވެސް އެކުވެގެންނެވެ. ފަލަސްތީނަށް ފީފާ އާއި އޭއެފްސީ މެމްބަރުކަން ލިބުނީ 1998 ވަނަ އަހަރެވެ.
އަދަބުދިނުން ފަސްކުރުމުން އިޒްރޭލް އޮލިމްޕިކްސް އަށް
އިންޑޮނޭޝިއާ އަތުން އަތުލި ފުރުސަތު އާޖެންޓީނާ އަށް
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ވޯލްޑްކަޕްގައިވެސް ބަނގުރާ ހުއްދައެއް ނުދޭނަން: ސައުދީ
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
ޕާކިސްތާނަށް ފީފާގެ ސަސްޕެޝަނުގައި ހެޓްރިކެއް
ފީފާގެ ކޮންސަލްޓަންޓް ޖައު އެފްއޭއެމަށް ވެސް ލަފާދޭ
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
2034 ގެ ވޯލްޑް ކަޕް އޮންނާނީ ސައޫދީގައި