ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށި ނަމަވެސް ވެމްކޯ އިން ޑަސްބިން ކޮތަޅު ފޯރުކޮށްދޭން އަދި ނުފެށޭ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
20 އެޕްރީލް 2023
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށި ނަމަވެސް ވެމްކޯ އިން ޑަސްބިން ކޮތަޅު ފޯރުކޮށްދޭން އަދި ނުފެށޭ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ވެމްކޯ އިން ބުނީ، ކުނި މެނޭޖް ކުރުމާ ގުޅޭ އިދާރާ އިން ފޯރުކޮށްދޭ ކޮތަޅުން ފީ ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާއިރު، މިހާރު ކުރާ ކަމަކީ އާންމުންނަށް ކުނި އަޅާނެ ކޮތަޅު ފޯރުކޮށްދޭނެ ސަޕްލަޔަރުން ހޯދުން ކަމަށެވެ.
އެކަމަކު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގުކުރި، ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ދޭތެރޭގައި، އެ ގާނޫނާ ގުޅިގެން ކުރިމަތިވާ އެކި ކަންކަމަށް ތައްޔާރުވާން ހަތަރު މަސް ލިބުނެވެ.
ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.
ވެމްކޯ އަށް އަދި ކުރެވުނު ކަމަކީ ކޮތަޅުތަކުގެ ޑިޒައިން ނިންމައި، އެ ފޯރުކޮށްދޭނެ ބަޔަކު ހޯދުމެވެ. އެކަމަކު، އެކަން ކުރަން ހޭދަވާނެ މުއްދަތެއް އެ ކޯޕަރޭޝަނުން ނުބުންޏެވެ.
ވެމްކޯ އިން ބުނިގޮތުގައި، އެ ކުންފުނިން މަސައްކަތް ކުރަނީ ވީ އެންމެ އަވަހަށް ކޮތަޅު ފޯރުކޮށްދެވޭތޯ އެވެ.
ނަމަވެސް ގާނޫނަށް ގެނައި ބަދަލުގައި ހުރި ފޫނުބެއްދޭ ކަންތައްތަކާ ގުޅިގެން ކުނި އުކަން ވެސް ބޭނުންކުރާ ކޮތަޅު ބޮނޑީގެ އަގު ވަނީ އުފުލިފަ އެވެ.
ކުނި މެނޭޖުކުރުމާ ގުޅޭ ގާނޫނުގައިވާ ގޮތުން ކުނި މެނޭޖު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ބިންލައިނަރުން ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހޭނެ އެވެ. އޭގެ އިތުރުން ރޯ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅުންނާއި ޑިއުޓީ ފްރީ ފިހާރަތަލުން ވެސް ދޫކުރާ ކޮތަޅުން ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހެ އެވެ.
ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ އެއް ނަގަން ފެށި އިރު، އެންމެ ގިނަ ބަޔަކު ކޮތަޅު ބޭނުން ކުރަނީ ކުނި އެޅުމަށެވެ. އާ ގާނޫނާ އެކު، ވިޔަފާރިތަކުން ކޮތަޅު އަގު އެތައް ގުނައެއް ބޮޑު ކުރުމުން، ގިނަ ބަޔަކު އަންނަނީ އެކަމާ ފާޑު ކިޔަމުންނެވެ. އަދި ކުނި އަޅަން ބޮޑު އަގުގައި ކޮތަޅު ގަންނަން ޖެހޭތީ އާންމުންގެ ހިތްހަމަ ނުޖެހުން ވަނީ އަމާޒުވެފަ އެވެ.
ދެ ހަފުތާ ތެރޭ ދެ މިލިއަން ކޮތަޅު ލިބޭނެ: ވެމްކޯ
ވެމްކޯއިން މި ހަފުތާގައި ޑަސްބިންކޮތަޅު ވިއްކަން ފަށަނީ
ވެމްކޯއިން ކޮތަޅު ޑެލިވަރީކޮށްދޭނީ 24 ބޮނޑި ގަތުމުން
މަޖިލިސް ޗުއްޓީ އަށް، ކޮތަޅުގެ އިސްލާހު ލަސްވެދާނެ!
ތިލަފުށީގެ ފަޅުތެރެ ކުނިން ފުރިއްޖެ
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
އިންޑިއާގެ ސްކޫލެއްގެ ފީ އަކީ ޕްލާސްޓިކް
ވިއެޓްނާމްގައި ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކެޔޮފަތް
ޕްލާސްޓިކާ ދެކޮޅު ނަމޫނާ ދަރިވަރުން
ޕްލާސްޓިކް އެންދުން އެއްކޮށް ހުއްޓާލާނަން: ވެމްކޯ