25 އެޕްރީލް 2023
ސަރުކާރުގެ އެއްވެސް ބާރެއް ނުހިނގާ ގޮތަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމަކީ ރާއްޖެ ފަދަ ގައުމަކަށް ރަނގަޅު ނިޒާމަކަށް ނުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އެއްވެސް ބާރެއް ނުހިނގާ ގޮތަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމަކީ ރާއްޖެ ފަދަ ގައުމަކަށް ރަނގަޅު ނިޒާމަކަށް ނުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ޝައުނާ މިހެން ވިދާޅުވީ، އީޕީއޭ އަކީ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމަށް މި ސަރުކާރުން ވައުދުވެފައިވާ ކަމަށާއި އެ ވައުދު ނުފުއްދި ދިގުދެމިގެން ދަނީ ކީއްވެތޯ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.
ޝައުނާ ވިދާޅުވީ އީޕީއޭ މިނިވަން ކުރުމަށް އެންމެ ގަދައަށް ގޮވާލަމުން ދިޔައީ 2015 ވަނަ އަހަރު އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމާއި ފާސްކުރުމުގެ ބާރުތައް ޓޫރިޒަމް މިނިސްޓްރީ އަށް ބަދަލު ކުރުމާ ގުޅިގެން ކަމަށެވެ.
އީޕީއޭ ބާރުވެރި ކުރުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ތެރޭގައި ޓޫރިޒަމް ގާނޫނު އިސްލާހު ކުރުމަށް ފަހު އީއައިއޭ ފާސް ކުރުމުގެ ބާރު އަލުން އެ އެޖެންސީ އަށް ލިބޭ ގޮތަށް ހަދާފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.
ސަރުކާރުން ވައުދުވެފައި ވަނީ އީޕީއޭ އަކީ މިނިވަންކަމާ އެކީ ހިނގާ މުއައްސަސާއަކަށް ހެދުމަށް ކަމަށާއި އެކަން ކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ތިމާވެށި ރެގިއުލޭޓަރީ އެޖަންސީތައް ހިނގާ ގޮތް ބަލައިލަން ޖެހޭ ކަމަށް ޝައުނާ ވިދާޅުވި އެވެ.
ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމަކީ ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމް ނޫން ކަން ގަބޫލު ކުރަން ޖެހޭ
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ސިންގަޕޫރުގެ މިސާލު ނަންގަވަމުން ޝައުނާ ވިދާޅުވީ ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެ ގައުމުތަކުގައި ވެސް އެގްޒެކެޓިވް ބާރާ ވަކި ކުރެވިފައި ނުވާ ކަމަށެވެ. އެ ގައުމުތަކުގައި ވެސް އީޕީއޭއަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެށީގެ ވަޒީރެއްގެ ދަށުން ހިނގާ ގޮތަށް އުފައްދާފައިވާ އެޖަންސީތަކެއް ކަމަށް ޝައުނާ ވިދާޅުވި އެވެ.
"އެހެންކަމުން ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަން އަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމަކީ ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމް ނޫންކަން ގަބޫލު ކުރަން ޖެހޭ،" ޝައުނާ ވިދާޅުވި އެވެ.
ޝައުނާގެ އެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ބައެއް މެންބަރުން ވަނީ ތަކުރާރުކޮށް އަލުން އެ ސުވާލުކުރައްވައިފަ އެވެ. އީޕީއޭ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމަށް ސަރުކާރުން ވައުދުވެފައިވާ ކަމަށާއި އެކަން ވާނެތޯ ނުވަތަ ނުވާނެތޯ މެންބަރުން ސުވާލު ކުރެއްވި އެވެ.
ޝައުނާ ވިދާޅުވީ 100 ދުވަހުގެ ވައުދާ އެއްގޮތަށް އީޕީއޭ މިނިވަންކަމާ އެކު ހިންގޭނެ ގޮތް ހަދާފައިވާ ކަމަށާއި މިހާރު އެ ކޮމިޝަނަކީ އެއްވެސް ސިޔާސީ ނުފޫޒެއް ވަންނަ ތަނެއް ނޫން ކަމަށެވެ.
އެފްކޮންސްގެ ޖޫރިމަނާ މުރާޖައާ ކުރާތާ އަހަރެއް ވަނީ
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
"އެފްކޮންސްގެ ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް"
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި
ލުޔެއް ނުދީ 100 މިލިއަން ދައްކަން 15 ދުވަސް!
އީޕީއޭ މިނިވަންކުރަން ނޫޅޭ ކަމަށް ބުނެ މައްސަލަ ބަލަނީ
ޝައުނާއަށް މަޖިލީހުން ރުހުން ދީިފި
ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެ: މަޓީ