Roadha Mihaaru
ޝައުނާއަށް މަޖިލީހުން ރުހުން ދީިފި

ޝައުނާއަށް މަޖިލީހުން ރުހުން ދީިފި

08 ޖޫން 2021

އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ އައިމިނަތު ޝައުނާއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ އައިމިނަތު ޝައުނާއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ 57 މެންބަރުން ވޯޓުންނެވެ. އަދި ރުހުން ދޭން ނުފެންނަ ކަމަށް 8 މެންބަރަކު ވޯޓު ދިނެވެ.

އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމްގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރުމަށް ފަހު އެ މަގާމަށް ޝައުވާ އައްޔަންކުރެއްވީ މިދިޔަ މަހު ފަހެއްގަ އެވެ.

އެކަމަނާ އަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރުމަށް ފަހު އެ ރިޕޯޓް ތަޅުމަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ވަޒީރެއްގެ ކިބައިގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ޝައުނާގެ ފުރިހަަމަވާ ކަމަށާއި ވަޒީރުން މަޖިލީހުގެ މަޖިލީހުގެ މެންބަރަކު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ޝައުނާ ކުރައްވާފައި ނުވާ ކަމަށެވެ.

އެހެންކަމުން ޝައުނާއަށް ރުހުން ދިނުމަށް ޝަރުތު ފުރިހަމަވާ ކަމަށް ކޮމިޓީގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝައުނާ މަސައްކަތް ކުރެއްވީ ރައީސް އޮފީހުގެ ޕޮލިސީގެ މަގާމުގަ އެވެ.