02 މެއި 2023
ލަންޑަން (މެއި 2) - އާސެނަލް ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމުން ނުފުދޭ ކަމަށާއި އަދިވެސް މަސައްކަތްކުރަނީ ޕްރިމިއާ ލީގުގެ ތަށި ހޯދަން ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.
ލަންޑަން (މެއި 2) - އާސެނަލް ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމުން ނުފުދޭ ކަމަށާއި އަދިވެސް މަސައްކަތްކުރަނީ ޕްރިމިއާ ލީގުގެ ތަށި ހޯދަން ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.
އާސެނަލް ވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންކޮށްފަ އެވެ. ނަމަވެސް މިދިޔަ ހަފްތާ މެންޗެސްޓާ ސިޓީ އަތުން 4-1 އިން ބަލިވެ، ވަނީ ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލުވާލައިފަ އެވެ.
ލީގު ތަށި ދިފާއު ކުރުމުގެ އަމިއްލަ ބާރު، ކޯޗު ޕެޕް ގާޑިއޯލާގެ ސިޓީއަށް މިހާރު ލިބިފައި ވިއަސް އާޓެޓާ ބުނީ އެ ބައްޔާ ގުޅިގެން ކުޅުންތެރިންގެ އަމާޒަށް ބަދަލެއް ނާންނަ ކަމަށާއި، ޓީމުގެ އަމާޒަކީ އަދިވެސް ލީގު ތަށި ހޯދުން ކަމަށެވެ.
"މިއީ އަހަރެމެން ބޭނުންވާ މެންޓަލިޓީއަކީ، އަދި މިއީ އަހަރެން މި ކުޅުންތެރިންނަށް މިހާ ބޮޑު ލޯތްބެއް އޮންނަ ސަބަބަކީ،" މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އާޓެޓާ ބުންޏެވެ.
"އަހަރެމެން އަދިވެސް ހިތްހަމަޖެހޭ ވަރެއް ނުވޭ، އަދި އަހަރެމެން މިތިބީ ދެރަވެފައި. އަހަރެމެން އަތުރަށް [ކާމިޔާބީ] ބޭނުންވޭ."
ލީގުގައި އާސެނަލް އަށް ފަސް މެޗު ބާކީ އޮތްއިރު ސިޓީ އަށް ހަ މެޗު އެބަ އޮތެވެ. އާޓެޓާ ބުނީ ބާކީ އޮތް މެޗުތަކުގައި އަދިވެސް ބައިވަރު ކަންކަން ހިނގާފާނެ ކަމަށެވެ.
އާދިއްތަ ދުވަހުގެ ރޭ 2-1 އިން ފުލަމް ބަލިކޮށް ސިޓީ މިހާރު ވަނީ އާސެނަލް އަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފަ އެވެ. ސިޓީ އެއްވަނައިގައި އޮތީ އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް އާސެނަލް މޮޅެއް ނުވެ އެވެ. ސިޓީ އަތުން ބަލި ވުމުގެ ކުރިން ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.
އާސެނަލްގެ ދަނޑުގައި އެޓީމާ ދެކޮޅަށް މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ނުކުންނަ ޗެލްސީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ލީގު ތާވަލުގައި ޗެލްސީ އޮތީ 12 ވަނައިގަ އެވެ. ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން އާސެނަލް އަށް ވަގުތީގޮތުން އެއްވަނައަށް ޖެހިލެވޭނެ އެވެ.
"މިއީ އަހަރެން ބޭނުންވާ ގޮތަކީ، މާދަމާރޭ [މިރޭ] މޮޅުވެގެން ލީގުގެ އެއްވަނައަށް ޖެހިލަން،" އާޓެޓާ ބުންޏެވެ.
"އަހަރެމެން ޗެމްޕިއަންސް ލީގަށް ކޮލިފައި ވެއްޖެ އެކަމަކު އެވަރުން އެއްވެސް މީހަކަށް ހިތްހަމަޖެހުމެއް ނުލިބޭ. މިއީ ޓީމެއްގެ ގޮތުގައި ކުރިއަށް ދާން އަހަރެމެން ބޭނުންވާ ކަމަކީ. އަހަރެމެން ޖެހޭނީ މިދިޔަ ހަފްތާ ވީ ކަންތައް ހަނދާން ނައްތާލައި، އެއިން ފިލާވަޅު ލިބިގެން ޖެހިގެން އޮތް މެޗާ ކުރިމަތިލާން."
އާސެނަލް 100 ޕޮއިންޓް ހަމަކޮށްފާނެ: ގާޑިއޯލާ
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
އާޓެޓާގެ އާސެނަލް އެންމެ ފަހުން ޕެޕްގެ ސިޓީ ބަލިކޮށްފި
އެންމެ ވާދަވެރިވާނީ އަންނަ ސީޒަނުގެ ލީގު: އާޓެޓާ
ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް
ސިޓީއަށް ދުލެއް ނުދިން، އާސެނަލް އަލުން އެއް ވަނައަށް
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
މެޗުން ބަލިވެއްޖެ ނަމަ އާޓެޓާގެ މަގާމާމެދު ވިސްނާނެ