ލަންޑަން (އޮގަސްޓް 22) - ޗެލްސީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން އާސެނަލް ބަލި ވެއްޖެނަމަ ކޯޗު މިކޭލް އާޓެޓާ މަގާމުގައި އިތުރަށް ބެހެއްޓުމާ މެދު ވިސްނާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.
ލަންޑަން (އޮގަސްޓް 22) - ޗެލްސީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން އާސެނަލް ބަލި ވެއްޖެނަމަ ކޯޗު މިކޭލް އާޓެޓާ މަގާމުގައި އިތުރަށް ބެހެއްޓުމާ މެދު ވިސްނާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.
ލަންޑަނަށް ނިސްބަތްވާ ދެ ޓީމު ކުރިމަތިލާއިރު، އާސެނަލް އަށް އޮތް ޕްރެޝަރު ބޮޑެވެ. ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އަލަށް ޕްރަމޯޓްވި ބްރެންޓްފޯޑް އަތުުން އާސެނަލް ވަނީ ބަލިވެފަ އެވެ.
ދި ގާޑިއަން ނޫހުން ބުނީ، މިރޭގެ މެޗުން ބަލި ވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި އާޓެޓާ މަގާމުގައި ބެހެއްޓުމާ މެދު ކްލަބުން އެސްސްމެންޓް ހަދާނެ ކަމަށެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަށް ސަޕޯޓަރުން ވެސް ދަނޑަށް ވަންނާނެ އެވެ. މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ސަޕޯޓަރުންގެ ރުޅިވެރިކަން އާޓެޓާ އާއި ކްލަބުގެ މެނޭޖުމެންޓާ މެދު އުތުރި އެރުމަކީ ގާތް ކަމެކެވެ.
އާޓެޓާ އަކީ އާސެނަލްގެ ކުރީގެ ކެޕްޓަނެވެ. ކްލަބުގެ ސަގާފަތާއި އައިޑެންޓިޓީ އޭނާ އަށް ރަނގަޅަށް އެނގޭނެ އެވެ. ނަމަވެސް އެ ސަގާފަތް އަނބުރާ ގެނައުމުގައި އޭނާ އަށް ކާމިޔާބު ހޯދިފައެއް ނުވެ އެވެ.
އާސެން ވެންގާގެ ފަހު 10 އަހަރުން ފެށިގެން އާސެނަލް ދިޔައީ މަޑުމަޑުން ދަށް ވަމުންނެވެ. އެ މުއްދަތުގައި އެ ޓީމުން ބޮޑަށް ހަރަދު ކުރީ އާ ސްޓޭޑިއަމަށެވެ. ފުޓްބޯޅައިގެ ސަގާފަތާއި ވައްޓަފާޅި ބަދަލު ވެއްޖެ އެވެ. ޓީމުގެ ސްކޮޑަށް ބޮޑު ހަރަދުކޮށްގެން ނޫނީ ކުރި ހޯދޭކަށް ނެތެވެ. އާސެނަލްގެ ސަޕޯޓަރުންގެ ޝަކުވާ އަކީ އެވަރުގެ އިންވެސްޓްމެންޓެއް ކްލަބުގެ މެނޭޖުމެންޓުން ކުޅުންތެރިންނަށް ނުކުރާތީ އެވެ.
ކުރީގެ ކުޅުންތެރިޔަކު ކޯޗު ކަމަށް ހަމަޖެއްސައިގެން، ކުރި އެރުން ހޯދިތަނެއް އިނގިރޭސި ފުޓްބޯޅަ އިން ފެންނާކަށް ނެތެވެ. ބޮޑު ހަރަދުކުރި އިރު ވެސް ޗެލްސީ ބޭނުވި ބަދަލު ފްރޭންކް ލަމްޕާޑަށް ހޯދޭ ގޮތް ނުވުމުން ޗެލްސީން ނިންމީ އޭނާ ވަޒީފާ އިން ވަކި ކުރުމަށެވެ. މެންޗެސްޓާ ޔުނައިޓެޑްގައި އޮލޭ ގަނާ ސޮލްސަޔާ އަށް ދެމެހެއްޓެނިވި ގޮތުގައި ޓީމު އެއްވަރެއްގައި ނުހިފެހެއްޓެ އެވެ. އާސެނަލްގައި ވެސް އާޓެޓާ އަށް އެ ޓީމުގެ އައިޑެންޓިޓީ ހޯދައެއް ނުދެވުނެވެ.
ކުރީގެ ކޯޗު އުނައި އެމެރީ އަށް ނުދޭވަރުގެ ފުރުސަތު އާޓެޓާ އަށް ދީފި އެވެ. އެކަމަކު އެމެރީ ހުރި އިރު ދެއްކުނު ފެންވަރު ވެސް ޖުމުލަކޮށް އާޓެޓާ އަށް މި ޓީމާ އެކު ދައްކައެއް ނުލެވުނެވެ.
ޗެލްސީ އާއި އާސެނަލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 8.30 ގަ އެވެ.
ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް
އާޓެޓާ ބުނީ އަދިވެސް ލީގު ތައްޓަށް ވާދަކުރާ ކަމަށް
އާސެނަލް 100 ޕޮއިންޓް ހަމަކޮށްފާނެ: ގާޑިއޯލާ
"ސީޒަން ސަލާމަތްކުރަން ޗެލްސީ މެޗުން މޮޅުވާންޖެހޭ"
އާޓެޓާ އާއި ހުޑްސޮން-އޮޑޯއީ ކޮވިޑް-19 އަށް ޕޮޒިޓިވް
ބަލިމަޑުކަމުގެ ވަގުތެއްގައި ވެސް އާސެނަލްގެ ހިތްވަރު
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ޗެލްސީގައި އޮތް ހުރިހާ ގޯހެއް ނެރެ ދައްކައިފި