Roadha Mihaaru
ކަޅުބާޒާރުގައި ޑޮލަރު ލައިސަންސް ވެސް ވިއްކަނީ!

ކަޅުބާޒާރުގައި ޑޮލަރު ލައިސަންސް ވެސް ވިއްކަނީ!

04 މެއި 2023

މީގެ ދެ އަހަރު ކުރިން ކޮވިޑްގެ ދުވަސްވަރު، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ޑޮލަރުގެ ވިޔަފާރި ނުވަތަ، ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރު އިތުރު ވާން ފެށި އިރު މިކަމަށް ހައްލެއް ނުލިބޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީގެ ދެ އަހަރު ކުރިން ކޮވިޑްގެ ދުވަސްވަރު، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ޑޮލަރުގެ ވިޔަފާރި ނުވަތަ، ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރު އިތުރު ވާން ފެށި އިރު މިކަމަށް ހައްލެއް ނުލިބޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެމްއެމްއޭ އިން އޭރު ބުނީ ރާއްޖޭގެ އާބާދީއާ ބަލާއިރު މާ ގިނަ ފަރާތްތަކަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ 250 ފަރާތަކަށް ވަނީ ދޫކޮށްފަ އެވެ.

ކަރެންސީ އެކްސްޗޭންޖް ލައިސަންސް އޮތް ވިޔަފާރިވެރިއަކު ބުނީ އެމްއެމްއޭ އިން ލައިސަންސް ނުލިބޭތީ، އެ ވިޔަފާރިތަކުގެ ދަށުގައި ހުރި ލައިސަންސް ހޯދަން ބޮޑެތި އަގުތައް ހުށަހަޅަމުން އަންނަ ކަމަށެވެ. އޭނާ ބުނީ، އޭނާ އަށް ލިބިފައި އޮތް ލައިސަންސް ގަންނަން ހަތަރު ލައްކަ ރުފިޔާ ހުށަހެޅި ކަމަށެވެ.

"ލައިސަންސް ގަންނަން މި އަންނަނީ ގިނައިން ބިދޭސީން. އެމްއެމްއޭ އިން ލައިސަންސް ނުލިބޭތީ، މިހާރު އޭގެ އަގު ވަރަށް ބޮޑުވެއްޖެ،" އޭނާ ބުންޏެވެ.

އެހެން ވިޔަފާރިވެރިއަކު ބުނީ، ބާޒާރުގައި ޑޮލަރު ވިއްކަން އާ ވިޔަފާރިތަކުން ވަންނަން ބޭނުންވެ، އެކަން ނުކުރެވިފައިވާ ކަމަށެވެ. އަދި، ގަވައިދާ ހިލާފަށް މި ވިޔަފާރި ކުރާ މީހުން ވެސް އިތުރުވެފައިވާ ކަމަށެވެ.

"ބައެއް މީހުން ލައްކައިން ހުށަހަޅާ ލައިސަންސް ގަންނަން. އެކަމަކު އަނެއް ބަޔަކު މިކަން މިހާރު ކުރަނީ ލައިސަންސް އަކާ ނުލައި، ސިއްރުން،" އޭނާ ބުންޏެވެ.

އޭނާ ވިދާޅުވީ، އެމްއެމްއޭ އަށް މިކަން ނުބެލެހެއްޓޭތީ، ޑޮލަރުގެ ވިޔަފާރީގެ ކަންކަން އިތުރަށް ބޮއްސުންލާފައިވާ ކަމަށެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދީފައިވާ ބައެއް ތަންތަން: ކަޅު ބާޒާރުގައި ޑޮލަރުގެ ލައިސަންސް ވެސް ވިއްކަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދީފައިވާ ބައެއް ތަންތަން: ކަޅު ބާޒާރުގައި ޑޮލަރުގެ ލައިސަންސް ވެސް ވިއްކަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 17.20ރ. އާއި 17.35ރ އާ ދެމެދުގެ އަގެއްގަ އެވެ. ޑޮލަރުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ނަގާފައި ވަނީ، ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި ސްވެނިއާ ފިހާރަތަކުގެ ވެރިންނެވެ.

ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި އަށް އަލަށް ވަދެވޭނެ ގޮތް ނެތުމުން ލައިސަންސްގެ ކަޅު ބަޒާރެއް ވަނީ އުފެދިފަ އެވެ. އެކަމަކު ލައިސަންސް ދޫކުރުމާ ގުޅޭ ގޮތުން އެމްއެމްއޭގެ ޖަވާބެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.