Roadha Mihaaru
ދިވެހި ލީގު ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ

ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ

08 މެއި 2023

ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖައްސައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖައްސައިފި އެވެ.

މިއީ ޓެލްކޮމިޔުނިކޭޝަން އިންޑަސްޓްރީގެ ބޭރުން ދިވެހި ލީގަށް ޓައިޓަލް ސްޕޮންސެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ލީގުގެ ޓައިޓަލް ސްޕޮންސާޝިޕް މުޅިން ވެސް ނަގައިފައިވަނީ ދިރާގާއި އުރީދޫ އެވެ. މީދިޔަ ސީޒަނުގައި ލީގުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ އެވެ. .

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓްގައިވާ ގޮތުން ލީގުގެ ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖެއްސީ މި ސީޒަނަށެވެ.

"ދިވެހި ޕްރިމިއާ ލީގު 2023 ގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި އެމްޑަބްލިއުއެސްސީ އަށް މަރުހަބާ ކިޔުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް،" ބައްސާމްގެ ޓްވީޓްގައި ވެއެވެ.

މި އަހަރަކީ އަށް ޓީމު ބައިވެރިކޮށްގެން ލީގު ކުރިއަށްގެންދާނެ ފަހު އަހަރެވެ. އެފްއޭއެމުން ނިންމާފައި ވަނީ އަންނަ އަހަރު އަތޮޅުތެރެއިން ތިން ޓީމާއި މާލޭ ޒޯނުން މި އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާ އެކު ޖުމުލަ 12 ޓީމު ހިމެނޭ ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅުމަށް ހަމަޖައްސައިފަ އެވެ. އެހެން ކަމުން މިހާރު ލީގުގައި އޮތް އެއް ވެސް ޓީމެއް ރެލިގޭޓް ނުވާނެ އެވެ.

މި އަހަރުގެ ލީގު ފުރަތަމަ މެޗުގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ވާދަ ކުރާނީ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.