Roadha Mihaaru
އަނިޔާއިން ކުދިން ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް

ގޯނާތަކާއި އަނިޔާއިން ކުދިން ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް

10 މެއި 2023

ކުޑަކުދިންގެ ދުވަހު ކޮންމެ މީހެއްގެ ވެސް އަޒުމަކަށް ހަދަންވީ ގޯނާތަކާއި އަނިޔާއިން ކުދިންގެ ރައްކާތެރިކޮށް ގައުމުގެ ކުރިމަގަށް މުހިއްމު ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުޑަކުދިންގެ ދުވަހު ކޮންމެ މީހެއްގެ ވެސް އަޒުމަކަށް ހަދަންވީ ގޯނާތަކާއި އަނިޔާއިން ކުދިންގެ ރައްކާތެރިކޮށް ގައުމުގެ ކުރިމަގަށް މުހިއްމު ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހެނީ، ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމަށާއި ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ކަމަށެވެ.

ކުޑަކުދިންނަށް ހާއްސަ ދުވަހެއް ފާހަގަ ކުރަނީ ގައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް، ގައުމަށް ބޭނުންތެރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ އިތުރުން މުޅި މުޖުތަމަ އާއި ބެލެނިވެރިން އެކުގައި މަސައްކަތްކޮށްގެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އާއިލާގެ ތެރެއިންނާއި މުޖުތަމައުން ކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.

ކުޑަކުދިންތަކެއް މޫދަށް އެރި ސަކަރާތްޖަހަނީ: ކޮންމެ ކުއްޖަކީ ވެސް، ގައުމަށް ބޭނުންތެރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ ޒިންމާއެއް ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު

ކުޑަކުދިންތަކެއް މޫދަށް އެރި ސަކަރާތްޖަހަނީ: ކޮންމެ ކުއްޖަކީ ވެސް، ގައުމަށް ބޭނުންތެރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ ޒިންމާއެއް ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު

"ކޮންމެ މީހަކު އަޒުމް ކަނޑައަޅަންވީ، ތިމާގެ ފަރާތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށެވެ. އަދި ކޮންމެ ކުއްޖަކީ ތިމާގެ ފަރާތުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަމުގައި ހެދުމަށެވެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމުގައި، އެ ވަގުތަކު ގައުމުގައި ހުރި އިޖުތިމާއީ ހުރިހާ މައްސަލަތަކަށް ރިއާޔަތްކުރަންޖެހެ އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ، އެ ކުދިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އާއި ގައުމީ ލޯބި ފުރިހަމައަށް ބިންވަޅު ނަގައިދިނުމަށެވެ. ކުޑަކުދިންނަށް އޯގާތެރިވުމަށާއި ބޮޑެތި މީހުންނަށް އިހްތިރާމް ކުރުމުގެ ރީތި އާދަ އަށަގެންނެވުމަށެވެ. ތަފާތު ވިސްނުންތަކާ އެކުގައި ވެސް ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި އިޖުތިމާއީ ގުޅުން ދެމެހެއްޓުމަށެވެ. މިކަންކަމުގައި އެ ކުދިންނަށް މަގު ދައްކައިދޭން ތިބީ، މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންނެވެ."