ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) މިއަދު ނިމޭނެ އެވެ.
10 މެއި 2023
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) މިއަދު ނިމޭނެ އެވެ.
މި އިވެންޓް އިންތިޒާމުކުރާ ސީޑީސީ އިވެންޓްސް އިން ބުނި ގޮތުގައި މި ފަހަރުގެ އެގްޒިބިޝަަަން ކުރިއަށް ދަނީ މި ދިޔަ އަހަރުގެ އެގްޒިބިޝަނަށް ވުރެ މާ ފުރިހަމަކޮށެވެ. އަދި މި ފަހަރުގެ އެގްޒިބިޝަނަށް އާއްމުންނާއި އެގްޒިބިޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ބުންޏެވެ.
މި ފަހަރުގެ އެގްޒިބިޝަނުގައި ވެސް ރާއްޖޭގެ ކުންފުނިތަކާއި މި ސަރަހައްދުގެ އެކި ކުންފުނިތަކާއި ބައިނަލްއަގުވާމީ އެކި ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. މި ފަހަރުގެ އެގްޒިބިޝަނުގައި 110 އަށް ވުރެ ގިނަ ސްޓޯލް ހިމެނެ އެވެ.
އެފްއެޗްއޭއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އެފްއެޗްއޭއެމް
މި ފަހަރުގެ އެގްޒިބިޝަނުގައި ވެސް އެފް އެންޑް ބީ ދާއިރާގެ އެކި ކުންފުނިތަކާއި ސީ ސްޕޯޓްސް، ގޭމް ފިޝިން އަދި މެރިންގެ ދާއިރާއާ ގުޅޭ ކުންފުނިތަކާއި ލެޝާ ދާއިރާގެ އެކި ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ.
މި އިވެންޓުގެ ޕްރިންސިޕަލް ސްޕޮންސަރު ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވީ އެ އެގްޒިބިޝަނަކީ އެފްއެންބީ ދާއިރާ އާއި ހޮސްޕިޓާލިޓީ ދާއިރާގެ ޕްރިމިއަމް ޕްލެޓްފޯމެއް ކަމަށާއި އެ އެގްޒިބިޝަނަކީ އަބަދުވެސް ހޫނު ތަރުހީބެއް ލިބެމުން އަންނަ އެގްޒިބިޝަނެއް ކަމަށެވެ. އަދި ލިލީއިން އެގްޒިބިޝަނަށް ތައްޔާރުކޮށްފައިވާ ސްޓޯލަށް ވެސް ހޫނު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެފްއެޗްއޭއެމް އެގްޒިބިޝަނުގެ ތެރެއިން. -- ފޮޓޯ: އެފްއެޗްއޭއެމް
މި ފަހަރުގެ އެފްއެޗްއޭއެމް އެގްޒިބިޝަން ކުރިއަށް ދާއިރު އެ އެގްޒިބިޝަނުގެ ފޯރިގަދަ މުބާރާތްތައް ވެސް ވަނީ ބާއްވައިފަ އެވެ. އޭގެތެރޭގައި މޮކްޓެއިލް ކޮމްޕެޓިޝަނާއި ބަރިސްތާ ކޮމްޕެޓިޝަން އަދި ހައުސް ކީޕިންގެ ބެޑް ޑެކަރޭޓިން ކޮމްޕެޓިޝަން ހިމެނެ އެވެ.
މި އެގްޒިބިޝަނުގެ އެންމެ ބޮޑު މުބާރާތް، ކަލިނަރީ ޗެލެންޖު ވެސް މި އެގްޒިބިޝަނުގެ ތެރެއިން ދަނީ ކުރިއަށެވެ. މި ފަހަރުގެ މުބާރާތުގައި 60 ރިސޯޓަކުން 600އަށް ވުރެ ގިނަ އެގްޒިބިޓަރުން ވަނީ ބައިވެރިވެފަ އެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އެގްޒިބިޝަންގެ ސްޓޯލްތަކަށް ޒިޔާރަތްކޮށް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އެގްޒިބިޝަން އޮންނާނީ މިރޭ ހަތެއް ޖަހަންދެނެވެ. މި އިވެންޓުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
ދިރާގު ގޭމާސް ގިލްޑުގެ ގޭމިން މުބާރާތެއް އައްޑޫގައި
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގުން ޓިއާ-4 ޑޭޓާ ސެންޓަރު ހުޅުވައިފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ސެމްސަންގް ގެލެކްސީ އެސް25 ސީރީޒް ނެރެފި
ޓްރީ ޓޮޕްގެ އެސްތެޓިކް ހިދުމަތްތަކުން ޑިސްކައުންޓު ދެނީ