ޓީޗަރުންގެ މުސާރަ އަށް ގެންނަން ނިންމި ހެޔޮ ބަދަލަށް ފަހު ދެން އޮތީ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުން ކަމަށާއި ދިރާސާ ނިމުމާ އެކު ސިއްހީ ދާއިރާއަށް ވެސް އެ އުފާވެރިކަން ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ށ. ކޮމަންޑޫގައި ވިދާޅުވެއްޖެ އެވެ.
03 ފެބުރުއަރީ 2022
ޓީޗަރުންގެ މުސާރަ އަށް ގެންނަން ނިންމި ހެޔޮ ބަދަލަށް ފަހު ދެން އޮތީ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުން ކަމަށާއި ދިރާސާ ނިމުމާ އެކު ސިއްހީ ދާއިރާއަށް ވެސް އެ އުފާވެރިކަން ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ށ. ކޮމަންޑޫގައި ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ތާއީދު ހޯދަން އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެންނަން ނިންމީ ރަނގަޅު ކުރިއެރުމެއް ކަމަށެވެ. މުސާރަތައް އަންނަ މެއި މަހުން ފެށިގެން 56 ޕަސެންޓަށް ބޮޑުވާނެ ކަން ފާހަގަކުރެއްވި އެވެ.
މިސާލެއް ދައްކަވަމުން ވިދާޅުވީ އެ ބަދަލާ އެކު، 21،000ރ. ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000 އަށް ބޮޑުވީ ކަމަށެވެ. އެއާއެކު 14،000ރ. ޖެހޭ މީހުންގެ އިތުރުވުން އުޅޭނީ 28،000ރ. ގައި ކަމަށް ވިދާޅުވި އެވެ.
ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި އެ ނޫން މުވައްޒަފުންގެ މުސާރަތައް ބޮޑުވެގެންދާތަން. -- ރައީސް
"މިއީ މި ގެންނަ ރަނގަޅު، ހެޔޮ ބަދަލަކީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެން އޮތީ ސިއްހީ ދާއިރާގެ މުސާރައިގެ ކުރިއެރުމެވެ.
"އަޅުގަނޑު ނިންމައި މިހުރީ އެކަމާ ގުޅޭ ދިރާސާތައް މި އަހަރުގެ ތެރޭގައި ނިންމައި އެ މަސައްކަތް ކުރަން،" ރައީސް ވިދާޅުވި އެވެ.
"އެއަށް ފަހުގައި ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި އެ ނޫން މުވައްޒަފުންގެ މުސާރަތައް ބޮޑުވެގެންދާތަން."
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅު ކުރެވޭނެ ބަދަލުތަކެވެ. އެ ބަދަލު ފެށެނީ އާއްމު މީހާގެ ދިރިއުޅުމުން ކަން ފާހަގަކުރެއްވި އެވެ.
ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރާނެ ކަން ރައީސް އިއުލާންކުރެއްވި އިރު، އެ ދާއިރާގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މުސާރަ އާއި އިނާޔަތްތައް ކުޑަކަމުގެ ޝަކުވާ ރައީސާ ހަމައަށް ވެސް އޮތީ ގެންގޮސްފަ އެވެ.
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
ޑޮކްޓަރުންގެ ޝަކުވާ ރައީސް ހައްލުކޮށްދެއްވާނެ: މަބްރޫކް
ސިއްހީ ދާއިރާ މުވައްޒަފުންގެ އޯޓީ ލިމިޓްކުރުމުން ޝަކުވާ ބޮޑުވެއްޖެ
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ
އިތުރު ތަނެއްގައި މަސައްކަތްނުކުރާނަމަ އެލަވަންސެއް
491 ޑޮކްޓަރަކާއި ނަރުހުންގެ ކަންބޮޑުވުން ރައީސަށް!
ފްރޮންޓްލައިން މުވައްޒަފުންނަށް 13.4 މިލިއަން ދީފި
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑި ދޭންޖެހޭ:ވިސާމް