Roadha Mihaaru
ހަތަރު މީހުން އެއް ސައިކަލެއްގައި ދަނިކޮށް ހުއްޓުވައިފި

ހަތަރު މީހުން އެއް ސައިކަލެއްގައި މަޖީދީމަގުން ދަނިކޮށް ހުއްޓުވައިފި

19 މެއި 2023

ހަތަރު މީހުން އެއް ސައިކަލަަކަށް އަރައިގެން މަޖީދީ މަގުން މިއަދު ދުއްވާފައި ދަނިކޮށް ހުއްޓުވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހަތަރު މީހުން އެއް ސައިކަލަަކަށް އަރައިގެން މަޖީދީ މަގުން މިއަދު ދުއްވާފައި ދަނިކޮށް ހުއްޓުވައިފި އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ފިރިހެނަކު ސައިކަލް ދުއްވާފައި ދިޔައީ އަންހެނަކާއި ކުޑަ ދެ ކުދިން އަރުވައިގެންނެވެ. ފިރިހެން މީހާ ސައިކަލު ދުއްވަން އިންއިރު އޭނާގެ ކުރީގައި، އަދި އަންހެން މީހާ ފަހަތު ސީޓުގައި އިށީނދެ އިންއިރު އެ މީހުންގެ މެދުގައި ވެސް ކުއްޖަކު އިނެވެ. ބެލެވޭ ގޮތުގައި އެއީ ބޭރު ބައެކެވެ.

ރާއްޖޭގައި ދެ މީހުންނަށް ވުރެން އިތުރަށް އަރައިގެން ސައިކަލްް ދުއްވުން މަނަލެވެ.

އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި އެކަން ހިނގާދިޔަ ވަގުތު ގިނަ ބަޔަކު މަގުމަތީގައި ވެސް އުޅެ އެވެ. ބަޔަކު އެ މަންޒަރު ވީޑިއޯ ކުރާކަން އެނގުމުން އަންހެން މީހާ، އޭނާ އަޅައިގެން ހުރި ދޯޕައްޓާ އިން ކުއްޖާ ފޮރުވުމަށް ވެސް މަސައްކަތް ކުރެ އެވެ.

ފުލުހުން ބުނީ ގަވާއިދާ ޚިލާފަށް ސައިކަލް ދުއްވި ބަޔަކު ހުއްޓުވައި ދުއްވި މީހާއަށް ޓްރެފިކް ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެއީ ޖޫރިމަނާކުރުމެވެ.

އެ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.