Roadha Mihaaru
ތިން ގަޑިއިރުން ނައިފަރު ފެނު އަޑީގައި

ތިން ގަޑިއިރުން ނައިފަރު ފެނު އަޑީގައި

22 މެއި 2023

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ.ނައިފަރުގައި ފެންބޮޑުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ.ނައިފަރުގައި ފެންބޮޑުވެއްޖެ އެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ ރޭ ފަތިހު ވެހެން ފެށި ވާރޭ ހުއްޓާލީ ހެނދުނު 7:00 ހާއިރު ކަމަށެވެ.

ވާރޭ ހުއްޓާލި އިރު މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ބައެއް ގޭގޭއަށް ފެންގަނޑު ވަދެ އެތަނުން ގެއެއްގެ ކޮޓަރިތައް ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށެވެ. އަދި މިހާރު އެ ގޭގެ މީހުންނާއި ކައުންސިލާއި އެންއެންޑީފް ގުޅިގެން އެ ގެއިން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައިފަރުގައި ފެން ބޮޑުވުމުން ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އެންއެންޑީއެފް

ނައިފަރުގައި ފެން ބޮޑުވުމުން ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އެންއެންޑީއެފް

އެމްއެންޑީއެފުން ބުނީ ނައިފަރުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހެނދުނު 6:30 އިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ރަށުގެ ދެ ސަރަހައްދެއްގައި ޕަމްޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ސިފައިންނާއެކު ފެން ހިންދުމުގެ މަސައްކަތް ކުރީ އެ ރަށު ފެނަކައިގެ މުވައްޒަފުންނާއި މޯލްޑިވިއަންގެ މުވައްޒަފުންނެވެ.

ނައިފަރުގައި ފެން ބޮޑުވެފައިވާ މަގެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަނީ.-- ފޮޓޯ: އެމްއެންޑީއެފް

ނައިފަރުގައި ފެން ބޮޑުވެފައިވާ މަގެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަނީ.-- ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއަށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.

މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އެލާޓް ވެސް ނެރެފަ އެވެ.