ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް މިހާރު ބަދަލުވެއްޖެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިރޭ ބުނެފި އެވެ.
30 ނޮވެމްބަރ 2017
ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް މިހާރު ބަދަލުވެއްޖެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިރޭ ބުނެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ މިސްރާބު ހުރީ މަލިކާ ދިމާއަށް ކަމަށެވެ.
މެޓުން އެދުނީ ރާއްޖެ އަށް ވެސް އޭގެ އަސަރުތައް ކުރާތީ މޫސުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށެވެ.
މެޓުން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާ އެކު ވިއްސާރަކުރާނެ އެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކުގައި ފެންބޮޑުވެދާނެ ކަމަށް ވެސް ބުންޏެވެ.
ބައެއް ރަށްރަށުގައި މިހާރު ވެސް ވަނީ ފެން ބޮޑުވެފަ އެވެ.
މެޓުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައި ވަނީ ހއ. އިން ފެށިގެން ވ. އަތޮޅާ ދެމެދު، ކޮޅިގަނޑުގައިގަޑިއަކު 55 މޭލަށް ވައި ގަދަވެދާނެ ކަމަށެވެ. އެވްރެޖްކޮށް ވައިގެ ބާރު މިން މި ސަރަހައްދުގައި، މިރޭގެ ދަންވަރު އެކަކާ ހަމައަށް ހުރުން އެކަށީގެންވަނީ 30-40 މޭލުގައި ކަމަށް ވެސް މެޓުން ބުނެ އެވެ.
ދެކުނުން ލ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދު އެވްރެޖްކޮށް 23-29 މޭލުގެ ބާރު މިނުގައި އަދި ކޮޅިގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
މޫސުން ގޯސްވެ ކަނޑު ގަދަވުމުން، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ކަނޑުމަތީގެ 14 ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރޭގައި ދެ ދޯންޏެއް ބަންޑުން ޖަހާލުން ހިމެނެ އެވެ.
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
މޫސުން ގޯސް؛ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް
ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ކަނޑު ގަދަވާނެތީ ބ. އިން ލ. އަށް ޔެލޯ އެލާޓް
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް