Roadha Mihaaru
އޭޖީއެމަށް އެސްޓީއޯއިން ޕޯޓަލްގެސެކިއުރޓީ ވަރުގަދަކޮށްފި

އީ-ފާހާ އެކު އެސްޓީއޯގެ މި ފަހަރުގެ އޭޖީއެމް ޕޯޓަލްގެ ސެކިއުރިޓީގެ ކަށަވަރުކަން ބޮޑު

24 މެއި 2023

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހުރިހާ ހިއްސާދާރުން ބައިވެރި ކުރުމަށް އެ ކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. ޓެކްނޮލޮޖީން އެތައް މަގުތަކެއް ފަހިވެފައި ވާއިރު، އެ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓުން ހިއްސާދާރުންނަށް ކަށަވަރުކަން ދެނީ އިތުބާރާއި ޔަގީންކަމާއި ރައްކާތެރިކަމާ އެކު، ކޮންމެ ހިއްސާދާރަކަށް ވެސް އަދި ހިއްސާދާރެއް ތަމްސީލްކުރާ މީހަކަށް ވެސް އެ ޖަލްސާގައި ބައިވެރިވެވޭނެ ކަމެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހުރިހާ ހިއްސާދާރުން ބައިވެރި ކުރުމަށް އެ ކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. ޓެކްނޮލޮޖީން އެތައް މަގުތަކެއް ފަހިވެފައި ވާއިރު، އެ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓުން ހިއްސާދާރުންނަށް ކަށަވަރުކަން ދެނީ އިތުބާރާއި ޔަގީންކަމާއި ރައްކާތެރިކަމާ އެކު، ކޮންމެ ހިއްސާދާރަކަށް ވެސް އަދި ހިއްސާދާރެއް ތަމްސީލްކުރާ މީހަކަށް ވެސް އެ ޖަލްސާގައި ބައިވެރިވެވޭނެ ކަމެވެ.

މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވާ އެސްޓީއޯގެ އޭޖީއެމްގެ ޕޯޓަލްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެ ކުންފުނިން ވަނީ، ދައުލަތުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބޭނުންކުރާ ގައުމީ ޕޯޓަލް، އީ-ފާސް ވެރިފިކޭޝަންގެ އެހީގައި ސެކިއުރިޓީ ވަރުގަދަ ކޮށްފަ އެވެ.

"އޭޖީއެމް ޕޯޓަލްގެ ލޮގިންގެ ގޮތުގައި އީ ފާސް ތައާރަފް ކުރީ އެއީ ގައުމީ ފެންވަރުގައި ބޭނުން ކުރާ އެންމެ ސެކިއުރިޓީ ވަރުގަދަ އަދި ވެރިފިކޭޝަން ފުރިހަމަ ކުރުމަށް ބޭނުން ކުރެވޭނެ އެންމެ ރަނގަޅު އެއް ޑިޖިޓަލް ސޮލިއޝަނަށް ވުމުން" އެސްޓީއޯގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީގެ ލީޑް ޑިވެލޮޕަރު ހުސައިން ވަހީދު ވިދާޅުވި އެވެ.

އީ-ފާހަކީ ސަރުކާރުގެ ރަސްމީ ދަފްތަރުތަކާ ގުޅައިގެން އޮންލައިންކޮށް، ޔަގީންކަމާ އެކު އެކި މީސްމީހުން ދެނަގަތުމަށް 400 އަށް ވުރެ ގިނަ ހިދުމަތުގައި މިހާރު ބޭނުން ކުރާ ނިޒާމެކެވެ. މިހާރު ވެސް 150,000 މީހުން ރަޖިސްޓަރީ ކޮށްފައިވާ އެ ނިޒާމު 64 ޕޯޓަލެއްގައި ބޭނުން ކުރެ އެވެ.

އޭޖީއެމަށް ރަޖިސްޓަރީވާ މީހުން މިހާތަނަށް ދެނެގަންނަނީ މެނުއަލް ކޮށެވެ. ގާތްގަނޑަކަށް 24 ގަޑިއަށް ވުރެ މަދު ވަގުތުކޮޅެއްގެ މެނުއަލް ވެރިފިކޭޝަނެއް ކުރިއަށް ގެންދާއިރު، ބައެއް ފަހަރު މައްސަލަތައް ދިމާވެފައިވާ ކަމަށް ހުސައިން ވިދާޅުވި އެވެ.

"އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާފައި ހުރުން ފަދަ މައްސަލަތައް ދިމާވެފައިވޭ،" އޭނާ ވިދާޅުވި އެވެ.

އީ-ފާސް މެދުވެރިކޮށް، ލޮގިން ވެވޭ ގޮތް ތައާރަފް ކުރުމުން ވެރިފިކޭޝަން މަރުހަލާ ޑިޖިޓަލައިޒްވެ، ހުރިހާ ކަމެއް އޮންލައިންކޮށް ބެލެހެއްޓޭނެ އެވެ. އޭޖީއެމްގައި ބައިވެރިވުމަށް އީ ފާސް މެދުވެރިކޮށް، ލޮގިން ވާން ޖެހުމުން، ހިއްސާދާރަކު ތަމްސީލް ކުރުމަށް ޕްރޮކްސީއާ ހަވާލުވާ މީހާ ވެސް އޮންލައިންކޮށް ދެނެގަނެވެ އެވެ. އޭޖީއެމްގެ އިންތިޒާމްތައް އޮންލައިންކޮށް ރޭވުމުން ހިއްސާދާރުންނަށް ފަސޭހަވެ، ޑަބަލްކޮށް ޕްރޮކްސީ ހުށަހެޅުމުގެ ޝަކުވާ އަށް ވެސް ހައްލެއް އަންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ އޭޖީއެމް ޕޯޓަލް ބޭނުން ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެސްޓީއޯގެ އޭޖީއެމް ޕޯޓަލް ބޭނުން ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީ ފާސް މެދުވެރިކޮށް ލޮގިން ވުމުގެ ޕްރޮސެސް

އޭޖީއެމް ޕޯޓަލަށް ވަންނައިރު، އީ-ފާސް މެދުވެރިކޮށް ލޮގިންވުމަށް އަރާނެ އެވެ. އީ-ފާސް ލޮގިންއެއް ނެތް ނަމަ އީ ފާސް އެކައުންޓެއް ހެދުމަށް ބުނެފައިވާ އޮޕްޝަން ހިޔާރުކޮށް، ލޮގިންއެއް ހެދޭނެ އެވެ.

އީ-ފާހުގެ ލޮގިންއެއް ހެދުމަށް ބޭނުން ވާނީ އައިޑީކާޑު ނަމްބަރާއި އައިޑީކާޑުގެ ފަހަތުގައި ހިމެނޭ ސީރިއަލް ނަމްބަރެވެ. އެ އަށް ފަހު، ޓޫ ފެކްޓާ އޮތެންޓިކޭޝަން ޕްރޮސެސްގައި އީމެއިލް ނުވަތަ ފޯނު ނަމްބަރު ހިޔާރުކޮށް، އޮތެންޓިކޭޝަން ޕްރޮސެސް ފުރިހަމަ ކުރެވޭނެ އެވެ.

އެ ޕްރޮސެސް އަށް ފަހު، އީ ފާހަށް ލޮގިން ވުމުން ބަޔޯމެޓްރިކްސް މެދުވެރިކޮށް، ވެރިފައި ކުރަން ޖެހޭނެ އެވެ.

މިއީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަޅަފައިވާ ފިޔަވަޅެކެވެ. ބަޔޯމެޓްރިކްސް ވެރިފިކޭޝަނަކީ 200 އަށް ވުރެ ގިނަ ގައުމުގައި އެކި ޑިޖިޓަލް މުއާމަލާތްތަކުގެ ސެކިއުރިޓީ ޔަގީން ކުރުމަށް ބޭނުން ކުރާ ޕްރޮސެސް އެކެވެ. އެއީ ބޮޑެތި ބޭންކުތަކުން ވެސް ބޭނުން ކުރާ ޕްރޮސެސް އެކެވެ.

އީ-ފާހުގެ ލޮގިންއެއް ހަދާ ވެރިފިކެޝަން ޕްރޮސެސް އަށް ފަހު، އަލުން އެސްޓީއޯގެ އޭޖީއެމް ޕޯޓަލަށް ވަދެ އީ ފާހުން ލޮގިން ވާން ޖެހޭނެ އެވެ. ރެޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށް ގެންދެވޭނީ އޭގެ ފަހުންނެވެ.

އެސްޓީއޯ އިން ބުނިގޮތުގައި، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރީ އެންމެންނަށް ވެސް ލުއި ފަސޭހަ ޑިޖިޓަލް ސޮލިއުޝަންތަކެއް ފޯރުކޮށް ދިނުމަށެވެ.