Roadha Mihaaru
ރާއްޖެ-މެލޭޝިއާ އާމްދަނީގެ ޑަބަލްޓެކްސޭޝަން ހުއްޓާލަނީ

ރާއްޖެ-މެލޭޝިއާ އިން އާމްދަނީގެ ޑަބަލްޓެކްސޭޝަން ހުއްޓާލަނީ

25 މެއި 2023

އާމްދަނީން ޑަބްލް ޓެކްސް ނެގުން ހުއްޓާލަން މެލޭޝިއާ އެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާމްދަނީން ޑަބްލް ޓެކްސް ނެގުން ހުއްޓާލަން މެލޭޝިއާ އެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ މެލޭޝިއާގެ ފިނޭންސް މިނިސްޓްރީއާ އެކު ހެދި އެއްބަސްވުމުގެ ބޭނުމަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ޔަގީންކަން އިތުރުކޮށް އާމްދަނީގެ ޑަބަލް ޓެކްސޭޝަން އުވާލުން ކަމަށެވެ.

ގައުމުގައި ވަޒަންވެރިވެ އުޅެމުން އަދި ގައުމުން ބޭރުގައި އުޅެމުން ހޯދާ އާމްދަނީން ވެސް ޓެކްސް ނެގުމުގެ އުސޫލުތައް ރާއްޖެ އާއި މެލޭޝިއާގައި ވެސް ކަނޑައަޅާފައިވެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި މެލޭޝިއާ ދެމެދު އިގްތިސާދީ ގުޅުން ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް މިނިސްޓްރީގެ ޓްވީޓުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފެށީ އޭޕްރީލް 1، 2020 އިން ފެށިގެންނެވެ. އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 60،000ރ. އަށްވުރެ ބޮޑު، 100،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގަ އެވެ. އަދި 100،000ރ. އަށްވުރެ ބޮޑު، 150،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި އަށް ޕަސެންޓް ނަގަ އެވެ.

މީގެ އިތުރުން 150،000ރ. އަށްވުރެ ބޮޑު، 200،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓް ނަގަ އެވެ. އަދި 200،000ރ. އަށްވުރެ މަތިން އާމްދަނީއެއް ލިބޭ މީހުންގެ އަތުން 15 ޕަސެންޓު ނަގަ އެވެ.

މެލޭޝިއާގެ ގާނޫނުތައް ބުނާގޮތުން، 182 ދުވަހު އެ ގައުމުގައި ވަޒަންވެރިވެ ހުރެއްޖެ ނަމަ އެ މީހެއްގެއަތުން ޓެކްސް ނެގޭނެ އެވެ. މެލޭޝިއާގައި ޕެންޝަނަށް ކެނޑުމަށްފަހު މަހަކު 3،000 ރިންގިޓް (9،990ރ.) އަށް ވުރެ ގިނައިން އާމްދަނީ ލިބޭ މީހުން އިންކަމް ޓެކްސްއަށް ރަޖިސްޓްރީކުރަން ޖެހެ އެވެ.