Roadha Mihaaru
އެސްޓީއޯއިން ހިޓާޗީ ޓީވީގެ ޕްރޮމޯޝަނެއް

އެސްޓީއޯއިން ހިޓާޗީ ޓީވީގެ ޕްރޮމޯޝަނެއް

15 ސެޕްޓެމްބަރ 2021

އެސްޓީއޯއިން ހިޓާޗީ ޓީވީގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯއިން ހިޓާޗީ ޓީވީގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

"ބައްތިރީސް" ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގެ ދަށުން 32 އިންޗީގެ ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީއެއް އެންމެ 2،999ރ. އަށް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 15ގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޯވްމަންޓުގަ އެވެ.

ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީ އަކީ އަޑާއި ކުލައިގެ ކޮލިޓީ ރަނގަޅު ޓީވީ އެކެވެ. އަދި ޔޫޓިއުބާއި ނެޓްފްލިކްސް ފަދަ އެޕްލިކޭޝަންތައް މި ޓީވީއިން ބޭނުން ކުރެވޭނެ އެވެ.

އެސްޓީއޯއިން ރާއްޗެއަށް ހިޓާޗީގެ ތަފާތު އުފެއްދުންތައް އެތެރެ ކުރެ އެވެ. މީގެ ތެރޭގައި ޓީވީގެ އިތުރުން އައިސަލަމާރި އާއި އިސްތިރި ފަދަ ގެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނު ހިމެނެ އެވެ.