Roadha Mihaaru
މަގޫދޫ އެއާޕޯޓް ބޮޑުކުރަނީ، ޕްރައިވެޓް ޖެޓް ޖައްސާނެ!

މަގޫދޫ އެއާޕޯޓް ބޮޑުކުރަނީ، ޕްރައިވެޓް ޖެޓް ޖައްސާނެ!

27 މެއި 2023

މިހާރު ހަދަމުން އަންނަ ފ. މަގޫދޫ އެއާޕޯޓްގެ ރަންވޭ އިތުރަށް ބޮޑުކުރަން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާންކުރައްވައިފި އެވެ.

އިފްރާޒް އަލީ ފ. މަގޫދޫން އިފްރާޒް އަލީ

މިހާރު ހަދަމުން އަންނަ ފ. މަގޫދޫ އެއާޕޯޓްގެ ރަންވޭ އިތުރަށް ބޮޑުކުރަން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާންކުރައްވައިފި އެވެ.

އެ މަނިކުފާނު ފ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި މިރޭ މަގޫދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެ ރަށުގައި ހަދަމުން އަންނަ އެއާޕޯޓް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަަމަށެވެ. އެ އެއާޕޯޓް ތަރައްގީ ކުރާނީ ރަންވޭ ބޮޑުކޮށް، ޕްރައިވެޓް ޖެޓް ވެސް ޖެއްސޭނެ ފެންވަރަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ފ. އަތޮޅުގައި ހަދާ ފުރަތަމަ އެއާޕޯޓްގެ މަސައްކަތް އެ އަތޮޅު މަގޫދޫގައި ބާރު ސްޕީޑްގައި ކުރިއަށް ދަނީ: މި އެއާޕޯޓް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު

ފ. އަތޮޅުގައި ހަދާ ފުރަތަމަ އެއާޕޯޓްގެ މަސައްކަތް އެ އަތޮޅު މަގޫދޫގައި ބާރު ސްޕީޑްގައި ކުރިއަށް ދަނީ: މި އެއާޕޯޓް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު

ރައީސް ވިދާޅުވި ގޮތުގައި؛

- ރަންވޭ 1،500 މީޓަރުން 1،800 އަށް ބޮޑުކުރާނެ.

- އެ އެއާޕޯޓަށް ޕްރައިވެޓް ޖެޓްތައް ޖެއްސޭނެ.

- ޖެޓްތައް ޕާކް ކުރެވޭނެ ޖާގަ ހަދާނެ.

- ޖެޓްތަކަށް ބޭނުންވާ ފިއުލް ލިބޭނެ ފާމެއް ހަދާނެ.

- ވީއައިޕީ ލައުންޖެއް ހަދާނެ.

- ސިޓީ ހޮޓަލެއް ހަދާނެ.

ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"[މަގޫދޫ އެއާޕޯޓަކީ] ރީޖަނަލް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއާޕޯޓަށް ވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މަގޫދު އަށް ގެންނަ ތަރައްގީގެ އެންމެ ބޮޑު ސިއްރަކީ މި ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން ކަމަށެވެ. އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ މަގޫދޫގެ މީހުން އަބަދުވެސް އެގޮތުގައި ދެމިތިބުމަށް ރައީސް އެދިވަޑައިގަތެވެ.

ދައުލަތުގެ ބަޖެޓުން 231.5 މިލިއަން ހަރަދުކޮށްގެން މަގޫދޫ އެއާޕޯޓް ހަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެކަމަށް ބޭނުންވާ ބިން ހިއްކާ މިހާރު އޮތީ ނިމިފަ އެވެ. ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހިއްކި ބިމުން ގޯތި ދޭން ވެސް އޮތީ ނިންމައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. މަގޫދުއަށް ވަޑައިގަތުމުން ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. މަގޫދުއަށް ވަޑައިގަތުމުން ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ބުނާ ގޮތުގައި، މަގޫދޫ އެއާޕޯޓުގެ ހެދުމުގެ ނަތީޖާއަކަށް ވާނީ ފ. އަތޮޅުގެ 6،000 ވުރެ ގިނަ މީހުންގެ އާބާދީ އަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަ ބޮޑުތަނުން ހައްލުވުމެވެ. އެއީ އެ އަތޮޅުގައި ވައިގެ މަގުން ދަތުރު ކުރާނެ އިންތިޒާމެއް މިވަގުތު ނެތުމެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށް، މި ރަށުގައި ހެދި ފެނަކަ ކޯޕަރޭޝަންގެ އާ އޮފީސް އިމާރާތް ހުޅުވައިފަ އެވެ.