ސަރުކާރުން ރަށްރަށުގައި މިހާރު ހިންގަމުން އަންނަ ތަރައްގީގެ ގިނަ މަޝްރޫއުތައް މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
28 މެއި 2023
ސަރުކާރުން ރަށްރަށުގައި މިހާރު ހިންގަމުން އަންނަ ތަރައްގީގެ ގިނަ މަޝްރޫއުތައް މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ފ. ފީއަލީގައި ފެނަކައިގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރަށްރަށުގައި ފަށާފައިވާ އަސާސީ ހިދުމަތްތަކާ ގުޅޭ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ފެނަކައިގެ މަސައްކަތުގެ ވާހަކަ މި ދެ ދުވަހު އަޅުގަނޑު މި ދައްކަމުން އަންނަނީ. އަރާ ކޮންމެ ރަށެއްގައި ކޮންމެވެސް މަޝްރޫއެއް ނިމި، ހުޅުވަން އެބަޖެހޭ. ކުރިއަށް މި އޮތް ތަނުގައި ވެސް އެކަން އޮތީ އެގޮތަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ފ. ފީއަލިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް
"މިހާތަނަށް 68 އާ އޮފީސް ނިންމައިފި. 48 އިންޖީނުގެ ހުޅުވައިފި. އަޅުގަނޑު މި ދަނީ ރިބަން ކަނޑަން."
ރައީސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި، ވޯޓުލުމުގެ ކުރިން ފެނަކައިގެ އިތުރު 28 އިންޖީނުގޭގެ ހިދުމަތް 28 ރަށެއްގައި ދޭން ފަށާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތަކެއް ވެސް އެ މުއްދަތުގެ ތެރޭގައި ނިމޭނެ އެވެ. އަދި 122 ރަށެއްގައި މިހާރު ކުރަމުން އަންނަ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފ. ފީއަލިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް
"ޖުލައި މަހުން ފެށިގެން ބޮޑު އަދަދެއް، ޖުލައި/އޮގަސްޓުގައި ގިނަ ރަށްތަކެއް ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަދި އަސާސީ އެހެން ހިދުމަތްތައް ފުރިހަމަ ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދީގެން ކުރަމުން އަންނަ ކަމެކެވެ. އެ ވިސްނުމުގެ ދަށުން ގިނަ ރަށްރަށެއްގައި މަޝްރޫއުތައް އޮތީ ފަށައިފަ އެވެ.
ކޮވިޑް މެނޭޖުކުރިގޮތް ގައުމުތަކުން އޮޅުންފިލުވި: ރައީސް
މަގޫދޫ އެއާޕޯޓް ބޮޑުކުރަނީ، ޕްރައިވެޓް ޖެޓް ޖައްސާނެ!
މަޝްރޫއުތައް ހިންގަނީ ރިޔާސީ އިންތިހާބަކަށް ނޫން:ރައީސް
އަމާޒަކީ 8،000އެނދު، އިންވެސްޓަރުން ވާނެ: ރައީސް
އިބޫއަށް ހިތްގައިމު ސްޓޭޖް، އެއް ދުވަހުގެ މަސައްކަތް!
އިބޫގެ ވެރިކަމެއްގައި ޑޮލަރުގެ އަގު މައްޗަށް ދާނެ
ފ. އަތޮޅުގެ މުއާމަލާތް ހިނގަނީ އަނދިރީގެ ތެރޭގައި
ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީ މެމްބަރުންގެ ތާއީދު
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
ގެއްލުން ވާތީ 16 ރަށެއްގެ ނަރުދަމާ ޕްރޮޖެކްޓް ބާތިލް