ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރި ހުސައިން ޝިފާއު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
27 މެއި 2023
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރި ހުސައިން ޝިފާއު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާން ވެސް ކޮށްފައިވާ ޝިފާއު ވަގު ޓީޓީ ބޭނުން ކުރި މައްސަލާގައި ހައްޔަރު ކުރީ މިދިޔަ މަހުގެ 28 ގަ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިރޭ ކޯޓަށް ހާޒިރު ކުރުމުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލި އެވެ.
ޝިފާއު ދޫކޮށްލި ނަމަވެސް ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ކޮށްފަ އެވެ.
އޭގެ ތެރޭގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއަކާއި މަނީ ލޯންޑަރިންގެ ކުށުގެ ހަތް ދައުވާއެއް އޭނާގެ މައްޗަށް ކުރުމަށް ޕީޖީން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލައިގައި 123،844.54 ޑޮލަރު ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެއީ 1.9 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ޕީޖީން ވަނީ އެދިފަ އެވެ.
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް
ޝިފާއުގެ މައްޗަށް 16 ދައުވާއެއް ސާބިތުވެއްޖެ
ރައުދު ކުށަށް އިއުތިރާފްވެއްޖެ
ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހަދަނީ
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
ޑްރަގު ދައުވާއަކަށް އިއުތިރާފުވުމުން 12 އަހަރަށްޖަލަށް
މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާކޮށްފި