Roadha Mihaaru
އިބޫއަށް ހިތްގައިމު ސްޓޭޖް، އެއް ދުވަހުގެ މަސައްކަތް!

އިބޫ އަށް ހިތްގައިމު ސްޓޭޖް، އެއް ދުވަހުގެ މަސައްކަތް!

18 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ފ. ފީއައްޔަށް އިއްޔެ ވަޑައިގެން އާންމުންނާ ސަލާމް ކުރެއްވުމަށް ފަހު، އިށީންނަވަން ވަޑައިގަތުމާއެކު، އޭނާ އަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގަތީ އެ ރަށުގެ ޖެޓީ ކައިރިން މޫދު ތެރޭގައި ހުރި ސްޓޭޖާއި ޕޯޑިއަމުންނެވެ. ޕޯޑިއަމް ފެނިވަޑައިގަތުމާއެކު، އަރިހުގައި ތިއްބެވި ބޭފުޅުންނަށް "ހާދަ ހިތްގައިމޭ" އިބޫ ވިދާޅުވި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިބޫ، ފީއަލީ ރައްޔިތުންނާ މުޚާތަބު ކުރެއްވުމަށް ފަޅުތެރޭގައި ސްޓޭޖް ތައްޔާރު ކޮށްފައި ހުރީ ހިސާބުގެ "2" ސިފަވާ ގޮތަށެވެ. އެއީ ރިއާސީ އިންތިޚާބުގައި އިބޫގެ ކެންޑިޑޭޓު ނަންބަރެވެ. ސްޓޭޖަށް ދެވޭ ގޮތަށް ވެލި ބަސްތާ ޖަހައި އޭގެ މައްޗަށް ދޮންވެލި އަޅައިގެން ކުޑަ ފާލަމެއް ވެސް ހެދި އެވެ. އަދި ޕޯޑިއަމް ކައިރީގައި ތާނައިން "ޖަޒީރާ ރާއްޖެ" ޖަހާފައި ހުއްޓެވެ. އިބޫގެ ފަހަތުން ފެންނަނީ ރަށްތަކެވެ.

އިބޫއާއެކު، ވަޑައިގެންނެވި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ވިދާޅުވީ "މި ފަހަރު ޖަޒީރާވަންތަ ސިފައެއް" އެންމެ ބޮޑަށް ފެނުނު ރަށަކަށް ފީއަލި ވާނެ ކަމަށެވެ.

އިބޫ އިއްޔެ ފީއަލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. ގިނަ ބަޔަކަށް މި މަންޒަރު ކަމުދިޔަ. - ފޮޓޯ: އެމްޑީޕީ

އިބޫ އިއްޔެ ފީއަލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. ގިނަ ބަޔަކަށް މި މަންޒަރު ކަމުދިޔަ. - ފޮޓޯ: އެމްޑީޕީ

މިއީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފެނުނު އެންމެ ތަފާތު، ބުރަ މަސައްކަތް ފެނުނު ތަނަކަށް ވާނެ އެވެ.

ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، މިއީ 24 ގަޑިއިރުގެ ތެރޭގައި ތިރީހަކަށް މީހުން ކުރި ބުރަ މަސައްކަތެވެ. އަދި މި ތަން ތައްޔާރު ކުރީ ޕާޓީގެ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން އަމިއްލަ އަށް ހަރަދުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިބޫ ވަޑައިގަންނަވާ ކަން އެނގުނީ މީގެ ދެތިން ދުވަހެއް ކުރިން. އެއާއެކު، މަސައްކަތް ފަށައިގެން ވަރަށް ގިނަ، ބުރަ މަސައްކަތެއް މި ކުރީ. އެމްޑީޕީ ދެކެ ލޯބިވާތީ ކުރި ކަމެއް މިއީ،" ޖަލީލް ވިދާޅުވި އެވެ.

ފިލަޔާއި ދަގަނޑު ބޭނުންކޮށްގެން ސްޓޭޖް ހެދި އިރު، މިއީ ރަށުން ލިބެން ހުރި އެއްޗެހި ބޭނުންކޮށްގެން ހެދި ސްޓޭޖެއް ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ. މިއީ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުން ތަފާތު ކަމެއް ކޮށްލުމުގެ ގޮތުން ތައްޔާރުކުރި ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ އިއްޔެ އިބޫ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ އިއްޔެ އިބޫ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

"ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރެވިފައި އެވަނީ،" ޖަލީލް ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވި ގޮތުގައި، އިބޫ ވެރިކަމަށް ހޮވިވަޑައިގެން، ފީއައްޔަށް ވަޑައިގަންނަވާ ނަމަ، "ޖަޒީރާވަންތަކަން ދައްކަން" ތަފާތު ކަމެއް ކުރައްވަން ބޭނުންވާ ކަމަށެވެ. އަދި އިދިކޮޅު ސަޕޯޓަރުން ވެސް ތިބީ ފޯރި އާއި ޖޯޝުގައި މުޅިން ތަފާތު ކަމެއް ދައްކަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އާބާދީގައި 1200 މީހުން ދިރިއުޅޭ ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ މިހާތަނަށް ކެމްޕެއިންގައި އެންމެ ހިތްގައިމު މަންޒަރެއް ފެނުނީ ފީއަލިން ކަމަށެވެ. އެހެންވެ، ސްޓޭޖް ތައްޔާރު ކުރުމުގެ މަސައްކަތުގައި ބުރަކޮށް އުޅުނު ހުރިހާ ސަޕޯޓަރުންނަށް އިބޫ ޝުކުރު އަދާކުރެއްވި އެވެ.