ވިނަރެސް ފްލެޓް ގަންނަން ހުށަހެޅި މީހުންގެ އަތުން ފައިނޭންޝަލް އިވެލުއޭޝަން ފީ އެއްގެ ގޮތުގައި 3،000 ރުފިޔާގެ ފީއެއް ދައްކަން، ފޯމް ހުށަހެޅި މީހުންނަށް އަންގަން ފަށައިފި އެވެ.
31 މެއި 2023
ވިނަރެސް ފްލެޓް ގަންނަން ހުށަހެޅި މީހުންގެ އަތުން ފައިނޭންޝަލް އިވެލުއޭޝަން ފީ އެއްގެ ގޮތުގައި 3،000 ރުފިޔާގެ ފީއެއް ދައްކަން، ފޯމް ހުށަހެޅި މީހުންނަށް އަންގަން ފަށައިފި އެވެ.
ފައިނޭންޝަލް އިވެލުއޭޝަން ފީއެއް ނަގަން ޖެހެނީ، އިވެލުއޭޝަންގެ ކަންކަން އެހެން ފަރާތަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދާތީ ކަމަށް، އެޗްޑީސީން ބުނެ އެވެ. ފައިނޭންޝަލް އިވެލުއޭޝަން މަސައްކަތްތައް ކުރަނީ ބޭންކްތައް މެދުވެރިކޮށެވެ. އަދި އެ މަސައްކަތް ފަށާނީ އެ ފީ ދެއްކުމުންނެވެ.
ވިނަރެސް އިން ފްލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހުންނާއި މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ. އެހެން ނަމަވެސް، އެ ފަރާތްތަކަށް ދޫކުރާ ފްލެޓްގެ ޖުމްލަ އަދަދު ޔަގީން ވާނީ، ސީލައިފާއި ގުޅީފަޅު އަދި ހިޔާއިން ފްލެޓް ބަދަލު ކުރި ފަރާތްތަކަށް ވިނަރެސް އިން ފްލެޓް ދިނުމަށް ފަހު ބާކީވާ އަދަދެއް އެނގުމުން ކަމަށް އާބަންކޯއިން ބުންޏެވެ.
ފްލެޓް ލިބުނު ކޮންމެ މީހެއްގެ އަތުން 3،000 ރުފިޔާގެ ފީއެއް ނަގާ ނަމަ، ފައިނޭންޝަލް އިވެލުއޭޝަން މަސައްކަތް ކުރާ ޕާޓީ އަށް އެ ފީގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ލިބޭނެ އެވެ.
ފައިނޭންޝަލް އިވެލުއޭޝަން ފީ އެއް ނަގަން ފެށި އިރު، މިއީ ވިނަރެސް ފްލެޓަށް ހުޅުވާލި އިރު، ނަގާނެ ފީއެއްކަން އާބަންކޯއިން ކުރިން ބުނެފައެއް ނުވެ އެވެ.
އެޗްޑީސީއިން ބުނީ، ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުގެ ފައިނޭންޝަލް ސްކްރީނިން ހެދުމަށް ނަގާ ފީ އާ އެކު ފްލެޓް ލިބުނު މީހުންގެ ތެރެއިން ކޮންމެ މަހަކު ކުލީގެ ގޮތުގައި ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު އެނގޭނެ ކަމަށެވެ. އެ މީހަކަށް ކުލި ދެއްކުމުގެ ގާބިލުކަން ހުރި މިންވަރެއް ބެލުމަށް ފަހުގައި، ވިނަރެސްގެ ޔުނިޓްތައް އެލޮކޭޓު ކުރެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.
އާބަންކޯއިން ވަނީ ވިނަރެސް ފްލެޓްތަކުގެ ތެރެއިން އާންމުންނަށް ހުޅުވާލި ފްލެޓްތަކުން ކުރިން ނަގަން ކަނޑައެޅި ބުކިން ފީ ވެސް މާފުކޮށްދީފަ އެވެ. އެންމެ ފުރަތަމަ ފްލެޓަށް ހުޅުވާލި އިރު ފްލެޓް ލިބޭ ފަރާތްތަކުން ބުކިން ފީއެއްގެ ގޮތުގައި 50،000ރ. ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް، އެ ފީ ނުދައްކާ ވެސް، ދިގު މުއްދަތަށް ކުލި ދެއްކުމަށް ނުވަތަ ބޭންކް ލޯނު މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އާބަންކޯއިން ވަނީ ވިނަރެސް ފްލެޓްތަކުގެ ދާއިމީ ލިސްޓުގައި ތިބި މީހުންނަށް އަންގައިފަ އެވެ.
ވިނަރެސް މަޝްރޫއުގައި ހެދި 13 ބުރީގެ 10 ޓަވަރުގައި ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
ވިނަރެސް ފްލެޓަށް ފޯމު ހުށަހެޅުން ފަސްކޮށްފި
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ވިނަރެސް ފްލެޓް: މާލީ މައުލޫމާތަށް އިތުރު ފުރުސަތެއް
ކުރީ ސަރުކާރުން ގެދޮރުގެ ލިޔުން ދިން މީހުންނަށް ގޮތެއް
ސީލައިފް ކަސްޓަމަރުންނަށް ވިނަރެސް ހަވާލުކުރަން ފަށައިފި
ވިނަރެސް ފްލެޓު އެކްސެސް ކޮންޓްރޯލް ބޭނުންކުރަން ފަށަނީ
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލް
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ވިނަރެސްގެ ކުލި 10،000ރ. އަށް ހަދަން ޕެޓިޝަނެއް