ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، "ދަ ޑިމޮކްރެޓްސް" ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމައިފި އެވެ.
31 މެއި 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، "ދަ ޑިމޮކްރެޓްސް" ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމައިފި އެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ޕާޓީ އުފެއްދުމަށް މަދުވެގެން 3000 މީހުންގެ ފޯމު ބޭނުން ވެއެވެ.
ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީ އުފެއްދުމަށް ބޭނުންވާ މެމްބާޝިޕް ފޯމު މާދަމާ ހެނދުނު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.
އެ ޕާޓީން ވަނީ އެންމެ ލަސްވެގެން މިރޭ 11:00 އަށް ހުރިހާ ފަރާތްތަކުން ވެސް ގ. ބޮޑުފެންވަޅުގެޔަށް ފޯމުތައް ގެންގޮސްދިނުމަށް އެދިފަ އެވެ.
އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދަ އަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެ މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީ ތެރެއިން ގެއްލިފައިވާ ކަމަށެވެ. އާ ޕާޓީއެއް އުފައްދަނީ، އެމްޑީޕީގެ ފަލްސަފާ އަލުން ކުރިއަރުވަން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ. ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.
ކޮމަން ކެންޑިޑޭޓަކީ އަޅުގަނޑަށް ނުވެއްޖަނަމަ ފަހަތަށް ޖެހޭނަން: އިލްޔާސް
"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްފި
ޑިމޮކްރެޓްސްއިން ކޯޓަށް މައްސަލަ ވައްދައިފި
7 ދުވަހުން 3،500 މީހުން، އެކަށީގެންވާ އަދަދެއް؟
ޑިމޮކްރެޓްސް އުފައްދަން 3،500 ފޯމު ހުށަހަޅައިފި
ނަޝީދުގެ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ހުއްދައަށް އެދިއްޖެ
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ޑިމޮކްރެޓްސް ވެސް މައްސަލަ ޕޮލިހަށް ހުށަހަޅައިފި
ނަޝީދު މި ވަގުތު ޕާޓީއެއްގައި މަސައްކަތެއް ނުކުރައްވާނެ
އޭސީސީ އާއި އީސީގެ މިނިވަންކަމާމެދު ކަންބޮޑުވެއްޖެ