ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ 241 ކޮމިޓީން އެދިއްޖެ ނަމަ އެ ކޮމިޓީއަށް ދޭނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
08 ޖޫން 2023
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ 241 ކޮމިޓީން އެދިއްޖެ ނަމަ އެ ކޮމިޓީއަށް ދޭނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ދެ ގައުމުގެ ދޭތެރޭ ހިނގާ އެފަދަ މުއާމަލާތްތައް އަބަދުވެސް އޮންނާނީ ސިއްރުކޮށް ކަމަށެވެ.
"ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ 241 ކޮމެޓީން އެދިއްޖެ ނަމަ ކޮމެޓީއަށް ސިޓީ ހިއްސާ ކުރައްވާނެ. މިއީ ސިއްރިޔާތުގައި ހިނގާ ކަންކަމެއް ނޫން. ރާއްޖެއިން ހުށަހެޅީ ޑޮކިއުމަންޓްތައް ވެސް އިޓޮލޮސްގެ ވެބްސައިޓުގައި ވެސް ހުންނާނެ ފެންނަން،" މިއުވާން ވިދާޅުވި އެވެ.
"ބަންޑާރަ ނައިބުގެ އޮފީހުން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް، ކުރެވިފައި ހުރި މަސައްކަތުގެ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް މަސައްކަތްތައް ދަނީ ކުރަމުން. އެ މަސައްކަތްތައް ވެސް ހުންނާނެ ފެންނަން،"
އިމުގެ މައްސަލާގައި ސަރުކާރުން ކަންކަން ސިއްރުކުރާ ކަމަށް ބުނަނީ ސިޔާސީ ވާހަކަ ދައްކައި އޮޅުވާލަން ކަމަށް މިއުވާން ވިދާޅުވި އެވެ.
ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު ހޯދުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެމްބަރުން އިއްޔެ ރައީސް އޮފީހަށް ވަޑައިގަތެވެ. އޭތެރޭގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ޑިމޮކްރަޓްސްގެ މެމްބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.
ރައީސް އޮފީހުން އޭރު ވެސް ބުނެފައި ވަނީ ސިޓީ ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރުމަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ކޮމިޓީން ހޯދާނެ ކަމަށެވެ.
ރައީސްގެ އެޑްވައިޒަރު ޝިހާބު އިސްތިއުފާދެއްވައިފި
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
މޮރިޝަސް އަށް ފޮނުވި ސިޓީ ނުދިން: އާޒިމް
ބޮމުގެ ހަމަލާއާ ރައީސާ ގުޅުވާ ނަމަ ފިޔަވަޅު އަޅަނީ
ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ ނަމަ މަގާމު އަތުލާނެ
އަމްރު މަގާމުން ވަކިކުރަން ޕީސީބީއަށް ފޮނުވައިފި
ލެކްޗަރާއިންގެ މުސާރައަށް ގެންނަ ބަދަލު އިއުލާންކުރަނީ
ހާލުގައި ޖެހުނު ބިދޭސީންނަށް ފަރުކޮޅުފުށި ހަމަޖައްސައިފި
"ރިޒާވް ރަނގަޅުކުރުމުގެ ފިޔަވަޅަކީ ޓެކްސް ބޮޑުކުރުން"
ޓެކްސް ބިލަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް