ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.
02 ޖުލައި 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޝިހާބުގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ޝިހާބު އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި އުފެދުނު ކޯޅުންގަނޑުގައި ނަޝީދުގެ ފަޅީގައި ހުންނަވާ ބޭފުޅެކެވެ. ނަޝީދު އިސްވެ ހުންނަވާ އުފައްދަން އުޅޭ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ އެކި ހަރަކާތްތަކުގައި ވެސް އޭނާ އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި މަގާމެއްގައި މި ސަރުކާރުގައި ހުންނެވިޔަސް ޝިހާބު ނަޝީދުގެ ޓީމަކާ އެކު މިދިޔަ މާޗު މަހު ވެސް ސަން އައިލެންޑްގައި އޭނާ ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރެއްވި އެވެ.
ރައީސްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ޝިހާބް އައްޔަންކުރެއްވީ ނޮބެމްބަރު 15، 2019 ގަ އެވެ.
ޝިހާބް ވަނީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ހޯމް މިނިސްޓަރުގެ މަގާމާއި މާލޭގެ މޭޔަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
މޮރިޝަސްއަށް ފޮނުވި ސިޓީ ކޮމިޓީއަށް ދޭނެ: ސަރުކާރު
ބޮމުގެ ހަމަލާއާ ރައީސާ ގުޅުވާ ނަމަ ފިޔަވަޅު އަޅަނީ
ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ ނަމަ މަގާމު އަތުލާނެ
އަމްރު މަގާމުން ވަކިކުރަން ޕީސީބީއަށް ފޮނުވައިފި
"ރަޝީދުގެ މަރުގެ މައްސަލަ ރައީސް ގާތުން އެބަ ބަލާ"
ރައީސް އަންނަ ހަފުތާގައި އުތުރުގެ 4 ރަށަކަށް
ޔާމީން ރާއްޖެއިން ބޭރަށް 30 ދަތުރުފުޅު ކުރެއްވި
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި