Roadha Mihaaru
ފަލަސްތީނު އިޒްރޭލުގެ މަޝްވަރާއަށް އައްބާސް ޗައިނާއަށް

ފަލަސްތީނު އިޒްރޭލުގެ މަޝްވަރާ އަށް މަހުމޫދު އައްބާސް ޗައިނާ އަށް

09 ޖޫން 2023

ބެއިޖިން (ޖޫން 9) - ޗައިނާ މެދުވެރިވެ، އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ ވާހަކަތަކުގެ މަޝްވަރާ އަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މިއަންނަ ހަފުތާގައި ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ބެއިޖިން (ޖޫން 9) - ޗައިނާ މެދުވެރިވެ، އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ ވާހަކަތަކުގެ މަޝްވަރާ އަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މިއަންނަ ހަފުތާގައި ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހޫއާ ޗުނިންގް މިއަދު ވިދާޅުވީ، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މަހުމޫދު އައްބާސް، ޖޫން 13-16 އަށް ޗައިނާ އަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

އައްބާސްގެ ދަތުރު ޗައިނާއިން މި އިއުލާން ކުރީ އެ ގައުމުގެ ފޮރިން މިނިސްޓަރު ކިން ގަންގް، އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމަށް ބެއިޖިން ތައްޔާރަށް އޮތް ކަމަށް އޭޕްރީލް މަހު ވިދާޅުވެފައި ވަނިކޮށެވެ.

ކިން ގަންގް ބޭނުންފުޅު ވަނީ ދެ ދައުލަތް ހެދުމުގެ ހައްލުގެ މައްޗަށް ބިނާކޮށް އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި މަޝްވަރާތައް ވީހާ ވެސް އަވަހަކަށް އަލުން ފެށުމަށް ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ބުނެ އެވެ.

އިޒްރޭލްގެ އެންމެ ފަހުގެ އިންތިހާބަށް ފަހު ކަނާތު ފިޔައިގެ އުސޫލުތަކަށް ތަބާވާ ސަރުކާރެއް، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އުފެއްދި ފަހުން މިދިޔަ ދެތިން މަހު އިޒްރޭލްގެ ހަމަލާތައް ފަލަސްތީނުގެ ސަރަހައްދުތަކަށް ދިނުން ވަނީ އިތުރު ވެފަ އެވެ.