Roadha Mihaaru

ކަރުދާސް ހޮޅި ދޫކޮށް އަލުން ޕްލާސްޓިކަށް ދާނަން: ޓްރަމްޕް

ތިމާވެއްޓަށް ގެއްލުންވާތީ ޕްލާސްޓިކް ހޮޅި ދޫކޮށް، ކަރުދާސް ހޮޅި ބޭނުންކުރަން ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުގައި ކޮށްފައިވަނީ ނަތީޖާއެއް ނެތް މަސައްކަތެއް ކަމަށާއި އެކަން ބަދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.

ކަރުދާސް ހޮޅި ދޫކޮށް ޕްލާސްޓިކަށް ދާނަން: ޓްރަމްޕް

ތިމާވެއްޓަށް ގެއްލުންވާތީ ޕްލާސްޓިކް ހޮޅި ދޫކޮށް، ކަރުދާސް ހޮޅި ބޭނުންކުރަން ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުގައި ކޮށްފައިވަނީ ނަތީޖާއެއް ނެތް މަސައްކަތެއް ކަމަށާއި އެކަން ބަދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.

"ކަރުދާސް ހޮޅި ޕްރޮމޯޓްކުރުމަށް ބައިޑެން ގެންގުޅުއްވި ތާކުންތާކުނުޖެހޭ ސިޔާސަތު ބަދަލުކުރުމަށް، އަންނަ ހަފުތާގައި ރިޔާސީ ގަރާރެއްގައި ސޮއިކުރާނަން. އަލުން ޕްލާސްޓިކަށް!" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

ކަރުދާސް ހޮޅި ޕްރޮމޯޓްކުރުމަށް ސްޓޭޓްތަކުގައި ކުރާ މަސައްކަތަށް ޓްރަމްޕްގެ އަމުރާ އެކު އަސަރުކުރާނެ ކަމަށް ބެލެވެ އެވެ. އަދި ޕްލާސްޓިކާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތައް ހިންގުމަށް އެޖެންސީތަކަށް ހުރަސް އެޅިދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެ އަމުރަކީ ސްޓޭޓްތަކުގެ ގާނޫނުތަކާއި ގަވައިދުތައް ބާތިލްވާނެ އަމުރަކަށް ވާނެ ކަމެއް އަދި ނޭނގެ އެވެ.

މި ނިންމެވުމާ އެކު ނިއު ޖާޒީ ފަދަ ތަންތަނުގައި ޕްލާސްޓިކް ހޮޅި މަނާކުރުން ފަދަ ތިމާވެށީގެ ސިޔާސަތުތަކާއި ސްޓޭޓްތަކުގެ ގަވާއިދުތަކާ ބެހޭ ގޮތުން ހޫނު ބަހުސްތަކެއް އަލުން ފެށޭނެ ކަމަށް ބެލެވެ އެވެ.

ނިއު ޖާޒީގައި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް ހެދި ގާނޫނާ އެކު، ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކުން ޕްލާސްޓިކް ހޮޅި ދިނުން ވަނީ މަނާވެފަ އެވެ. ހޮޅި ބޭނުން ނަމަ ކަސްޓަމަރުން ޖެހޭނީ ބުނާށެވެ.

މީގެ އިތުރުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން، ޕްލާސްޓިކް ކޮތަޅާއި ފޯމް ފުޑް ކޮންޓެއިނަރާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ވެސް ގާނޫނުގައި ވަނީ މަނާކޮށްފަ އެވެ.