ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު، މިހާރު ކުރަމުންދާ މަސައްކަތްތައް ނިމެންދެން އިތުރުކުރަން މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން ހުށަހަޅައިފި އެވެ.
19 ޖޫން 2023
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު، މިހާރު ކުރަމުންދާ މަސައްކަތްތައް ނިމެންދެން އިތުރުކުރަން މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން ހުށަހަޅައިފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅުމާއެކު، މުޅި މަޖިލީހުގައި މަރުތަޅު އެޅިފައިވާއިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވަނީ ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް ވަނީ ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައަށް ބަހުސްކުރަން ފާސްކޮށްފައިވާއިރު، މައްސަލަ ހުށަހަޅުއްވަމުން މަވޯޓާ ވަނީ ނަޝީދާއި އީވާގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ އިތުރުން މަޖިލީހުގައި މިހާރު ހުރި މަސައްކަތްތައް ނިމެންދެން މަޖިލީހުގެ ދައުރު އިތުރުކުރަން ހުށަހަޅުއްވައިފަ އެވެ.
"މަޖިލީހުގެ މަސައްކަތްތައް ނިންމެން ދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން އަޅުގަނޑު މި ހުށަހަޅަނީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި ވަކި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި އެ ހުށަހެޅުމަށް ދެކޮޅު ހައްދަވައިފަ އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އިމްތިޔާޒް މައްސަލައެއްގެ ތެރެއިން މަޖިލީހުގެ ދައުރު އިތުރުކުރަން ހުށަހެޅުމުގެ ޖާގަ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ނުލިބޭ ކަމަށެވެ.
އޭގެ ފަހުން ވެސް ނިޒާމީ ނުކުތާއެއް ނަންގަވައި، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ވަނީ އިމްތިޔާޒްގެ މައްސަލައެއްގެ ތެރެއިން އިތުރު ކަމެއް ހުށަނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެއާ އެކު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އިމްތިޔާޒް މައްސަލައިގެ ތެރެއިން އިތުރު ހުށަހެޅުމެއް ހުށަނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު އޭގެ ފަހުން، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ ޝަރީފްގެ ހުށަހެޅުމަށް ތާއީދުކުރައްވައި، އެ ހުށަހެޅުމަށް ވޯޓަށް އަހަން ރިޔާސަތުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ނިމޭއިރު، އީދު ބަންދު މެދަށް ވަންނާތީ، މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހެވެ. ތިން ވަނަ ދައުރު ފެށޭނީ އަންނަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހެވެ.
ޝަރީފު ހުށަހެޅުއްވި އިމްތިޔާޒްގެ މައްސަލާގައި ބުނީ އީވާގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ހަމަވުމަށް ފަހު، އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގެ ރައީސް ކަމަށް ބުނެފައިވީ ނަމަވެސް ނަޝީދު އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންކާރު ކުރައްވާފައިވާ ކަމަށެވެ.
ރިޔާސަތާ ހަވާލުވެވަޑައި ނުގެން އެ ދުވަހު މަޖިލީހުގެ ކުޑަދޮށާއި އެހެނިހެން ހަރަކާތްތަކުގައި ނަޝީދު ބައިވެރިވެވަޑައިގަތް ކަމަށާއި އޭގެ ސަބަބުން އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މިއީ މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން. ޖުމްލަ ގޮތެއްގައި އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ނަޝީދު އެގޮތަށް އަމަލު ކުރައްވާފައި ވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒަށް ނަޝީދު އަރައިގަތް މައްސަލަ ބަލައިދިނުމަށް ޝަރީފް ހުށަހެޅުއްވި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ނަމަ އެހެން ހުރިހާ މަސައްކަތަކަށް ވުރެ ކުރިން އިސްކަން ދޭން ޖެހެ އެވެ. އެ އާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ގަވައިދުގައި ވެ އެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
އީވާ މިއަދު ވެސް ސަލާން، ޖަލްސާ ކެންސަލް!
ޑިމޮކްރެޓުން ލާން ކޮމިޓީތައް އަލުން އެކުލަވާލަނީ؟
ދާއިމީ ކޮމިޓީތައް އެންމެ ފަހުން އެކުލަވާލެވިއްޖެ
ކޮމިޓީތައް އެކުލަވާލިޔަ ނުދީ ހަޅޭއްލަވައި ޖަލްސާ ހުއްޓުވައިފި
އީވާ ވަކިކުރާ މައްސަލަ ވެސް މަޑުޖެހުމުގެ ފުރުސަތު ބޮޑު
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ނިޒާމީ ނުކުތާ ނަގައި ނަޝީދުގެ ގަރާރަށް ހުރަސްއަޅަނީ
ހުވާ ކުރަންދެން ގަރާރަށް ހުރަސްއަޅާނެ ކަމުގެ ތުހުމަތު
ހުކުމާއެކު ނަޝީދުގެ ގަރާރު އާދީއްތައަށް އެޖެންޑާކޮށްފި