Roadha Mihaaru
އީދު ފާހަގަ ކުރައްވަން ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް

އީދު ފާހަގަ ކުރައްވަން ރައީސްގެ ދެކަނބަލުން އއ. ތޮއްޑޫއަށް

28 ޖޫން 2023

އީދު ފާހަގަ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އއ. ތޮއްޑޫއަށް މިއަދު ވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އީދު ފާހަގަ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އއ. ތޮއްޑޫއަށް މިއަދު ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގެންނެވުމުން އެރަށުގެ ކުދި ބޮޑު ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ތޮއްޑޫގައި އީދަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއަދު މެންދުރު ބޮޑު ޖާފަތެއް އޮންނާނެ އެވެ. އެ ޖާފަތުގައި ރައީސްގެ ދެކަނބަލުންނާއި ރަށުގެ ރައްޔިތުން ބައިވެރިވާނެ އެވެ.

ރައީސަށް މަރުހަބާ ކިޔުމަށް ނިކުއިން ކުއްޖަކާ އެކު.-- ފޮޓޯ: ރައީސް އޮފީސް

ރައީސަށް މަރުހަބާ ކިޔުމަށް ނިކުއިން ކުއްޖަކާ އެކު.-- ފޮޓޯ: ރައީސް އޮފީސް

އީދާ ގުޅިގެން މިއަދާއި މިރޭވެސް ތޮއްޑޫގައި ކުރިއަށްދާ ހަރަކާތްތަކުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އީދު ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ހިތޯބުގައި ވަނީ އެއްބަނޑުއެއްބަފާކަން އާލާކުރުމާއި، އާއިލީ ގުޅުންތައް ބަދަހިކުރުމަށް ބާރު އެޅުމަށް އަލިއަޅުއްވާލައްވާފަ އެވެ.

ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިއުމަށް ނިކުއިން ޒުވާނަކު ރައީސަށް މާބޮނޑިއެއް ދެނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިއުމަށް ނިކުއިން ޒުވާނަކު ރައީސަށް މާބޮނޑިއެއް ދެނީ.-- ފޮޓޯ: ރައީސް އޮފީސް

އެކަކު އަނެކަކަށް މައާފްކޮށް ހިތްހެޔޮކުރުންކަމަށާއި، ޒާތީ ހަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުމަށާއި ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުންކަމަށް ރައީސް ވިދާޅުވި އެވެ.