Roadha Mihaaru
ރައީސާއި ނައިބު ރައީސްގެ އީދު ސަލާމް މިސްކިތުން

ރައީސާއި ނައިބު ރައީސްގެ އީދު ސަލާމް ކުރެއްވުން މިސްކިތުގައި

11 އޯގަސްޓް 2019

މި އަހަރުގެ ބޮޑު އީދުގެ މުނާސަބަތުގައި އީދު ސަލާމް ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އީދު ސަލާމް ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރުގެ ބޮޑު އީދުގެ މުނާސަބަތުގައި އީދު ސަލާމް ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އީދު ސަލާމް ކުރައްވައިފި އެވެ.

މިއަދު ފާހަގަކުރާ އަޟްހާ އީދުގެ މުނާސަބަތުގައި އީދު ސަލާމް ކުރަން ވަޑައިގަތް ބޭފުޅުންނާ ރައީސާއި ނައިބު ރައީސް ސަލާމް ކުރެއްވީ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

އިސްލާމީ މަރުކަޒުގައި އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުންނާ ރައީސާއި ނައިބު ރައީސް ސަލާން ކުރައްވައި، އީދުގެ ތަހުނިޔާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އިސް ރަށްވެހިން ވެސް ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރިން ވަނީ އީދުގެ ތަހުނިޔާ ހުރިހާ ރައްޔިތުންނަށާއި މިއަހަރު ރާއްޖެ އިން ހައްޖަށް ދިޔަ މީހުންނަށް ވެސް ފޮނުއްވައިފަ އެވެ.