Roadha Mihaaru
އިންތިހާބަށް ރީރަޖިސްޓްރީވާން މިމަހު 16ގައި ހުޅުވާލަނީ

ރިޔާސީ އިންތިހާބަށް އޮންލައިންކޮށް ރީރަޖިސްޓްރީވެވޭ ގޮތަށް މި މަހު 16ގައި ހުޅުވާލަނީ

05 ޖުލައި 2023

ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީރަޖިސްޓްރޭކުރެވޭ ގޮތަށް މި މަހު 16 ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމައިފި އެވެ.

ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީރަޖިސްޓްރޭކުރެވޭ ގޮތަށް މި މަހު 16 ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާ އެކު މިއަދު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީރަޖިސްޓްރީކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެއާއެކު މި ފަހަރުގެ ލިބޭނެ ފަސޭހައަކީ އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅުން ކަން ފާހަގަކުރެއްވި އެވެ.

ކޮންމެ އިންތިހާބެއްގައި ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ރަޖިސްޓްރީވެ އެވެ.

މި އިންތިހާބުގައި އެކި ކަންކަމުގައި 5,500 އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ. މިހާތަނަށް ލިބުނީ 3,300 އޮފިޝަލުން ކަމަށް ހަބީބް ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލާ ގޮތަށް އޮތީ މި މަހުގެ 23 އިން އަންނަ މަހުގެ ހަތަކަށެވެ.

މި އިންތިހާބުގައި 278,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެކަމަކު ޝަކުވާގެ މުއްދަތު ހަމަވުމުން މި އަދަދު ބަދަލުވުން އެކަށީގެންވާ ކަމަށް އިލެކްޝަންސުން ބުންޏެވެ.