05 ފެބުރުއަރީ 2021
މިދިޔަ އަހަރުން ފެށިގެން ޝޫޓްކުރަމުން އަންނަ ޓޮމް ކްރޫޒްގެ ފިލްމު "މިޝަން އިމްޕޮސިބަލް 7" ގެ ޓީމް ޔޫއޭއީ އަށް ހިނގައްޖެ އެވެ.
މިދިޔަ އަހަރުން ފެށިގެން ޝޫޓްކުރަމުން އަންނަ ޓޮމް ކްރޫޒްގެ ފިލްމު "މިޝަން އިމްޕޮސިބަލް 7" ގެ ޓީމް ޔޫއޭއީ އަށް ހިނގައްޖެ އެވެ.
ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޯފާ މެކްއަރީ ކާސްޓުންގެ ތެރޭގައި ހިމެނޭ ސައިމަން ޕެޖް ވަނީ އަބޫ ދާބީގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި އާންމުކޮށްފަ އެވެ. ކްރިސްޓޯފާ ޕޯސްޓްތަކުގައި #އެމްއައި7އެންއައި8 ލިޔެފައިވެ އެވެ. ފިލްމުގެ ކާސްޓާއި ކްރޫ ޔޫއޭއީ އަށް ދިޔައީ ޔޫރަޕްގެ އެކި ހިސާބުތަކުގައި ފިލްމުގެ މަންޒަރުތަކެއް ނެގުމަށް ފަހު އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އިޓަލީ އާއި ޕޯލެންޑް ފަދަ ގައުމުތައް ހިމެނެ އެވެ.
"މިޝަން އިމްޕޮސިބަލް" ސީރީޒްގެ އެންމެ ފަހުގެ ފިލްމު 2018 ގެ "ފޯލްއައުޓް" ވެސް ޑައިރެކްޓްކުރި ކްރިސްޓޯފާ އަކީ މި ސީރީޒްގެ ކުރިއަށް އޮތް ދެ ފިލްމު ވެސް ބެލުންތެރިންނަށް ގެނެސްދޭނެ ޑައިރެކްޓަރެވެ. ފިލްމުގެ ހަތް ވަނަ ބައިގެ ޝޫޓިން މިދިޔަ އަހަރުގެ ކުރީކޮޅު ފެށި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދު ޝޫޓިން މެދުކަނޑާލަން ވެސް ޖެހުނެވެ.
އޭގެ ފަހުން އަލުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. "މިޝަން އިމްޕޮސިބަލް" 7 އާއި 8 ގެ މަސައްކަތް ކުރިއަށް ގެންދަނީ އެކުއެކީގައިހެންނެވެ.
"މިޝަން އިމްޕޮސިބަލް 7" ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 19 ގަ އެވެ. އަދި 8 ވަނަ ބައި ރިލީޒްކުރާނީ އޮގަސްޓް 5، 2022 ގަ އެވެ.
"މިޝަން އިމްޕޮސިބަލް 7" ގެ ކުރިން މި އަހަރު ކްރޫޒްގެ އެހެން ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެއީ މިދިޔަ އަހަރު ކޮވިޑާ ހެދި މި އަހަރަށް ފަސްކުރި "ޓޮޮޕް ގަން: މެވެރިކް" އެވެ. އެ ފިލްމު ރިލީޒްކުރާނީ ޖުލައި 2 ގަ އެވެ. މި ފިލްމަކީ 1986 ގެ "ޓޮޕް ގަން" ގެ ސީކްއެލް އެވެ.
ލިއޮނާޑޯގެ "އިންސެޕްޝަން" ގެ ރޯލެއް އަނިލް އަށް ލިބުނު
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
"ފާސްޓް 10" ގައި ބައިވެރިވާން ރޮކަށް ދައުވަތު ދީފި
ކްރިސްޓަންގެ ހުވަފެނަކީ ބޮންޑްގެ ވިލަންއެއްގެ ރޯލު
ކްރޫޒަށް ލިބެން އޮތް ޝަރަފެއް ރަޝިއާ އިން އަތުލައިފި
ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރެއްގެ ވާހަކައެއް ނެތް
ޕްރަބާސް "މިޝަން އިމްޕޮސިބަލް 7" އިން ނުފެންނާނެ
ކްރޫޒްގެ "މިޝަން އިމްޕޮސިބަލް 7" ގައި ޕްރަބާސް؟
ރޮކްގެ "ސްކޯޕިއަން ކިންގް" ގެ ރިބޫޓް ވާޝަނެއް
"ނޯ ޓައިމް ޓު ޑައި" އިން ބަދަލެއް ގެނުވާނެ: ލަޝާނާ