Roadha Mihaaru
ބްރިޖުގައި ހުރި މީހަކަށް ސައިކަލަކުން ޖެހި އަނިޔާވެއްޖެ

ބްރިޖުގައި މަސައްކަތް ކުރަން ހުރި މީހެއް ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

06 ޖުލައި 2023

ބްރިޖުގައި މަސައްކަތް ކުރަން ހުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބްރިޖުގައި މަސައްކަތް ކުރަން ހުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ބްރިޖުގައި މަސައްކަތް ކުރަން ހުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ހާދިސާގައި އަނިޔާވީ ބްރިޖުގެ މަސައްކަތް ކުރާ ބިދޭސީއަކަށެވެ.

"ބްރިޖުގެ ސީދާ މެދެއްހާ ހިސާބުގަ ވެއްޓިފަ އޮތީ. އެ ތަނުން ދިޔަ ޓްރަކަކަށް އަރުވައިގެން އެކަކު ގެންދިޔައީ. އަނެކަކު ޕޮލިސް ކާރަކަށް ލައިގެން ގެންދިޔައީ،" އޭނާ ބުންޏެވެ.

އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.