Roadha Mihaaru
ހާޑް ރޮކް ކެފޭއިން، ގިޓާ ކުޅުމުގެ ހުނަރު ދަސްކޮށްދީފި

ހާޑް ރޮކް ކެފޭ އިން، ގިޓާ ކުޅުމުގެ ހުނަރު ދަސްކޮށްދިނުމުގެ ވޯކްޝޮޕެއް ބާއްވައިފި

04 ޖެނުއަރީ 2020

ގިޓާ ކުޅޭ ގޮތް ދަސްކޮށް ދިނުމުގެ ވޯކްޝޮޕެއް ކްރޮސްރޯޑްސް މެރީނާގެ ހާޑް ރޮކް ކެފޭގައި މިއަދު ބާއްވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގިޓާ ކުޅޭ ގޮތް ދަސްކޮށް ދިނުމުގެ ވޯކްޝޮޕެއް ކްރޮސްރޯޑްސް މެރީނާގެ ހާޑް ރޮކް ކެފޭގައި މިއަދު ބާއްވައިފި އެވެ.

މި ވޯކްޝޮޕްގައި، ގިޓާ ކުޅުމުގެ އުކުޅުތައް ކިޔައިދިނީ އިޓަލީގެ މަޝްހޫރު ގިޓާރިސްޓެއް ކަމަށްވާ ލޫކާ ސްޓްރިކްގްނޯލީ އެވެ. އޭނާ ވަނީ އެއްފަހަރާ ތިން ގިޓާ އަދި ފަސް ގިޓާ ބޭނުން ކޮށްގެން މިއުޒިކް ކުޅޭނެ ގޮތް ބައިވެރިންނަށް ކިޔައިދީފަ އެވެ.

ގިޓާގެ ނަރުތަކުގެ އިތުރުން މިއުޒިކް ކުޅެން ގިޓާ ބޭނުން ކުރެވޭނެ ގޮތްތަކާއި އޭނާ ހަދާފައިވާ ތިން ބައި ހުންނަ ގިޓާ ޖަހާނެ ގޮތް ވެސް ލޫކާ ދަސްކޮށްދިނެވެ. އެއީ، ލޫކާގެ އެދުމުގެ މަތިން އޭނާ އަށް ހާއްސަ ކޮށްގެން ހަދާފައިވާ ގިޓާއެއް ކަަމަށް ލޫކާ ބުންޏެވެ.

ލޫކާގެ ޑިޒައިނަށް ތައްޔާރުކޮށްފައިވާ ގިޓާ ކުޅޭނެ ގޮތް އޭނާ ކިޔައިދެނީ-- ފޮޓޯ: މިހާރު

ލޫކާގެ ޑިޒައިނަށް ތައްޔާރުކޮށްފައިވާ ގިޓާ ކުޅޭނެ ގޮތް އޭނާ ކިޔައިދެނީ-- ފޮޓޯ: މިހާރު

މި ވޯކްޝޮޕްގައި، ރާއްޖޭގެ މިއުޒީޝަނުންގެ އިތުރުން ކްރޮސްރޯޑްސް އަށް ޒިޔާރަތް ކުރި ބައެއް ޓޫރިސްޓުން ވެސް ބައިވެރިވި އެވެ.

ހާޑް ރޮކް އިން ބުނީ މިފަދަ ވޯކްޝޮޕްތައް އަދި މި އަހަރު އޮންނާނެ އެވެ.

ކްރޮސްރޯޑްސްގައި ހަދާފައިވާ ހާޑް ރޮކް ރިސޯޓަކީ މިއުޒިކަށް ލޯބި ކުރާ މީހުންނަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ. އެ ރިސޯޓުގެ ވިލާތަކާއި ރެސްޓޯރެންޓުތަކުގެ އެތެރެ ޒީނަތްތެރި ކޮށްފައި ވަނީ ވެސް މިއުޒިކް ކުޅޭ ސާމާނުތައް ބޭނުން ކޮށްގެންނެވެ.