ރޭގެ ދަންވަރުން ފެށިގެން މެދުނުކެނޑި މާލެ އަށް ބޯކޮށް ވާރޭ ވެހި، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ އެވެ.
21 ޖުލައި 2023
ރޭގެ ދަންވަރުން ފެށިގެން މެދުނުކެނޑި މާލެ އަށް ބޯކޮށް ވާރޭ ވެހި، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ އެވެ.
މި ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވައިގަދަވެ، ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މިހާރު ވެހެމުންދާ ވާރޭގައި އައިޖީއެމްއެޗް ސަރަހައްދާއި ހޮސްޕިޓަލްގެ ފަހަތުން އޮންނަ އަމީނީ މަގުގެ ބޮޑުބައެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި މަޖީދީ މަގުގެ ބޮޑު ބައެއްގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެ، ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.
ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ވަނީ މިއަދު ހެނދުނު ނެރެފަ އެވެ.
"މިހާރު އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން،" ސިފައިން ބުންޏެވެ.
މޫސުމާ ބެހޭ އިދާރާ އިން މިއަދު ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ނެރެފައި އޮތް ހުދު އެލާޓު ރީނދޫ އެލާޓަކަށް ބަދަލުކޮށްފަ އެވެ. މިއަދުގެ މެންދުރު ފަހާ ހަމައަށް ނެރުނު އެ އެލާޓުގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެ އިދާރާގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އިއްޔެގެ ހެނދުނު 10 އަކުން މިއަދުގެ ހެނދުނު 10 އަކަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ މާލެ ސަރަހައްދަށް ކަމަށެވެ.
"ގާތްގަނޑަކަށް 36 މިލިމީޓަރުގެ ވާރޭ އެއް ގަޑިއިރު ތެރޭގައި ވަނީ ވެހިފައި، އެހެންވީމާ ބޯކޮށް ވާރޭ ވެހިފައި މި އޮތީ،" މެޓުގެ އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހާ ބޯކޮށް ވާރޭ ވެހެނީ ވައި އެހާ ގަދަ ނޫން ވީމާ ކަމަށެވެ.
"ކުރިއަށް އޮތް ހަތަރު ގަޑިއިރެއް ހާއިރު މާލެ އަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ގެއްލުންތައް ދިރާސާކޮށް، މިދަނީ އެހީތެރިވަމުން: ރައީސް
ތޫފާންގެ ބާރުގަދަ ވެއްޖެ: މެޓް
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!