ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.
24 ޖުލައި 2023
ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.
ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ކޭމްޕުގެ ބައިވެރިންނަށް ވަނީ ލީން މެތަޑޮލޮޖީގެ އުސޫލުތަކާއި މަސައްކަތުގެ އެކި ޕްރޮސެސްތައް ސްޓާޓްއަޕްތަކުގައި އެޕްލައި ކުރެވިދާނެ ގޮތްތައް ކިޔައިދީފަ އެވެ. އަދި މި ވޯކުޝޮޕުގައި ޓީމްތަކުގައި މަސައްކަތްކުރަމުން ދިޔަ ބައިވެރިންނަށް ތަފާތު އެކްސްޕެރިމެންޓޭޝަން ޓެކްނީކްތައް މެދުވެރިކޮށް ހިޔާލުތައް ޓެސްޓްކޮށް ރިފައިން ކުރާނެގޮތުގައި މައުލޫމާތާއި އަމަލީ ތަޖުރިބާ ވެސް ވަނީ ދީފަ އެވެ.
މި ކޭމްޕުގައި ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފަރުމާކޮށްފައި ވަނީ ބޭނުންކުރާ މީހުންނަށް ވިސްނައިގެންކަން ކަށަވަރުކުރުމަށް ކަސްޓަމަރުންގެ މުއާމަލާތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމާ ގުޅޭ މުހިންމު ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ. ޖުމްލަ 50 ބައިވެރިންނާއި އެކު ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ބައިވެރިންނަށް ޒަމާނީ ވަސީލަތްތަކާއި، އުސޫލުތައް ތައާރަފްކޮށް، ޕްރޮޓޯޓައިޕްތައް ހަލުވިކަމާއެކު ހަދާނެގޮތުގެ ތަމްރީނުތައް ވަނީ ދީފަ އެވެ.
މި ކޭމްޕާ ގުޅޭ ގޮތުން ސްޕާކްހަބްގެ ޗީފް އޮޕަރޭޝަންސް އޮފިސަރު އައިޝަތު އަދުނާން ވިދާޅުވީ ލީން ސްޓާޓްއަޕް މޯލްޑިވްސްގެ ބައިވެރިންގެ ފަރާތުން ފެނުނު ޝައުގުވެރިކަމަކީ ހަރުދަނާ ސްޓާޓްއަޕް އިކޯސިސްޓަމެއް އުފެއްދުމަށް ކުރާ މަސައްކަތުގެ މުހިންމުކަން ކަށަވަރުވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ރާއްޖޭގައި އިނޮވޭޝަނާއި ސްޓާޓްއަޕް ކުރިއަރުވާ މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
ދިރާގުގެ ސީއީއޯ އަލީ ރިޔާޒު ވިދާޅުވީ ވިޔަފާރީގެ ހުނަރު ތަރައްގީކުރުމަށް ހިތްވަރުދީ، ސްޓާޓްއަޕް ސަގާފަތް ބާރުވެރިކުރުވުމަށް އެ ކުންފުނިން އަބަދުވެސް އެއްބާރުލުން ދޭ ކަމަށާއި އުއްމީދަކީ ޕްރޮގުރާމުން ދަސްވި ކަންތައްތައް ބައިވެރިން ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގައި ބޭނުންކުރުން ކަމަށެވެ.
ލީން ސްޓާޓްއަޕް މޯލްޑިވްސް އަކީ ވިޔަފާރިތައް ފެށުމާއި ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އަހުލުވެރިކޮށް ތަމްރީނުތައް ދިނުމަށް ބޭއްވި ކޭމްޕެކެވެ. މި ކޭމްޕަކީ އުއްމީދީ ވިޔަފާރިވެރިންނާއި އިނޮވޭޓަރުންނަށް ސްޓާޓްއަޕްތައް ބިނާކޮށް، އިނޮވޭޝަން ހިންގުމަށް ބޭނުންވާ އިލްމާއި ވަސީލަތްތަކާއި ވިސްނުމަށް އަހުލުވެރިކުރުމަށް ފަރުމާކޮށްފައިވާ އިންޓެންސިވް ސްޓާޓްއަޕް ބޫޓް ކޭމްޕެކެވެ
"ލީން ސްޓާޓްއަޕް މޯލްޑިވްސް" އައްޑޫ އެޑިޝަން ނިމިއްޖެ
ސްޓާޓްއަޕްގެ މި އަހަރުގެ ފުރަތަމަ އިވެންޓް ބާއްވައިފި
ދިރާގާއި ސްޕާކްއަބް އިން "ލީން ސްޓާޕް އަޕް" ފަށައިފި
ދިރާގު ގޭމާސް ގިލްޑުގެ ގޭމިން މުބާރާތެއް އައްޑޫގައި
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގުން ޓިއާ-4 ޑޭޓާ ސެންޓަރު ހުޅުވައިފި