Roadha Mihaaru
"ދަ ބޯއިސް"ގެ ސްޕިން-އޮފްގެ ޓްރެއިލާ ނެރެފި

"ދަ ބޯއިސް"ގެ ސްޕިން-އޮފް "ޖެން ވީ"ގެ ޓްރެއިލާ ނެރެފި

26 ޖުލައި 2023

އެމެޒަން ޕްރައިމް ވީޑިއޯގެ މަޝްހޫރު ސުޕަހީރޯ ސީރީޒް "ދަ ބޯއިސް"ގެ ސްޕިން-އޮފް "ޖެން ވީ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

އެމެޒަން ޕްރައިމް ވީޑިއޯގެ މަޝްހޫރު ސުޕަހީރޯ ސީރީޒް "ދަ ބޯއިސް"ގެ ސްޕިން-އޮފް "ޖެން ވީ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ޓްރެއިލާގައި ދައްކާ ގޮތުން މި ސީރީޒްގައި ގެނެސްދެނީ، އާދަޔާ ހިލާފު ބާރު ނުވަތަ ސުޕަހީރޯ ޕަވާ ލިބިފައިވާ ކުދިންތަކެއް އެކަނި އުޅޭ ސްކޫލެއްގައި ހިނގާ ކަންތައްތަކުގެ މައްޗަށެވެ.

"ޖެން ވީ"ގެ ފުރަތަމަ ތިން އެޕިސޯޑް ސްޓްރީމް ކުރަން ފަށަނީ އަންނަ ސެޕްޓެމްބަރު މަހު 29 ގަ އެވެ.

މި ސީރީޒްގައި މުހިންމު ރޯލުތައް ކުޅެނީ ޖޭޒް ސިންކްލޭއާ، ޝެލީ ކޮން، މެޑީ ފިލިޕްސް، ލަންޑަން ތޯ، ޑެރެކް ލޫ، އާސާ ޖާމަން، ޕެޓްރިކް ޝްވާޒްނެގާ، ޝޯން ޕެޓްރިކް ތޯމަސް އަދި މާކޯ ޕިގޯސީ އެވެ.

"ދަ ބޯއިސް"ގެ ތިން ސީޒަނެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. ހަތަރުވަނަ ސީޒަންގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.