Roadha Mihaaru
އައްޑުއަށް މި ސަރުކާރުން ގެންނަނީ އިންގިލާބީ ބަދަލެއް

އައްޑުއަށް މި ސަރުކާރުން ގެންނަނީ އިންގިލާބީ ބަދަލެއް: ނައިބު ރައީސް

26 ޖުލައި 2023

މި ސަރުކާރުން އައްޑޫގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުން މުޅި އައްޑޫ ބަދަލުކޮށްލައި އިންގިލާބީ ބަދަލަކަށް މިސްރާބު ޖަހާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ސަރުކާރުން އައްޑޫގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުން މުޅި އައްޑޫ ބަދަލުކޮށްލައި އިންގިލާބީ ބަދަލަކަށް މިސްރާބު ޖަހާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 58ވަނަ މިނިވަން ދުވަހާ ގުޅިގެން އައްޑޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ އައްޑޫ ތަރައްގީވުން ކަމަށެވެ.

މި ސަރުކާރުން މިހާރު އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އައްޑޫގެ ތަރައްގީ އަށް އިންގިލާބީ ބަދަލުތަކެއް ގެނެވޭނެ މަޝްރޫއުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އައްޑޫ ތަރައްގީއަށް މި ސަކާރުން މިކުރާ މަސައްކަތުން އަޅުގަނޑު ދަންނަވާނީ އިންގިލާބީ ބަދަލެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގެނެވޭނޭ. ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުންް، ޓޫރިޒަމް ފުޅާކުރުމާއި ތައުލީމާއި ސިއްހީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވޭ،" ނައިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ގައުމުގެ ތަރައްގީއަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.