ލަންޑަން (ޖުލައި 26) - ސައުދީ އަރަބިއާގެ ޕްރޯލީގުން ބޮޑު ހޭދައެއް ކުރިއަސް، ޕްރިމިއާ ލީގުގެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް އެ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް ވިދާޅުވެއްޖެ އެވެ.
26 ޖުލައި 2023
ލަންޑަން (ޖުލައި 26) - ސައުދީ އަރަބިއާގެ ޕްރޯލީގުން ބޮޑު ހޭދައެއް ކުރިއަސް، ޕްރިމިއާ ލީގުގެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް އެ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓްރާންސްފާ ޕީރިއަޑްގައި ސައުދީ ލީގުގެ ކްލަބްތަކުން ދަނީ ރެކޯޑް އަދަދަކުން ކުޅުންތެރިން ގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު ރިޗަޑް ވިދާޅުވި ގޮތުން، އެކަމާ ޕްރިމިއާ ލީގުން ކަންބޮޑުވާން ނުޖެހެނީ އެ ލީގުން މިއަދު އޮތް މަގާމަށް ވާސިލުވީ ވަގުތުތަކެއް ހޭދަކޮށްގެން ކޮށްފައިވާ މަސައްކަތްތަކެއް ކަމަށްވުމުންނެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފް ގައުމުގެ ކްލަބްތަކުން ދަނީ މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ގިނަ އަދަދެއްގެ ކުޅުންތެރިން ރެކްރޫޓް ކުރަމުންނެވެ. ކަރީމް ބެންޒެމާ، ރުބެން ނެވޭސް އަދި އެންގޯލޯ ކާންޓޭ ފަދަ ތަރިން ވެސް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ސައުދީ ލީގުގައި އަންނަ ސީޒަނުގައި ކުޅޭނެ އެވެ.
ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ހޯދުމަށް ސައުދީގެ އަލް ހިލާލުން 300 މިލިއަން ޑޮލަރުގެ ބިޑެއް ވަނީ ހުށަހަޅައިފަ އެވެ. އެ ހަރަދުތައް ވެސް މަޑުޖެހިދާނެ ކަމުގެ ނިޝާނެއް ނުފެނެ އެވެ.
ސައޫދީ ޕްރޯ ލީގުގެ އަމާޒަކީ ވީހާވެސް އަވަހަކަށް ދުނިޔޭގެ ވާދަވެރި ލީގެއް އޮތް ގައުމަކަށް ވުމެވެ. ނަމަވެސް ރިޗަޑް މާސްޓާސް ގަބޫލުކުރާ ގޮތުގައި އެ ފަދަ އަމާޒަކީ ދިގު މުއްދަތަކުން ހާސިލު ކުރެވޭނެ ކަމެކެވެ.
ބީބީސީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އާ ކަމެއް ހިނގަމުންދާ ކަމަށެވެ.
"ސައޫދީ ޕްރޯ ލީގުން ބުނަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ގަދަ 10 ލީގަކަށް ވާން ބޭނުންވާ ކަމަށް. ލީގާއި ކްލަބްތަކުގެ ޕްރޮފައިލް މަތިކުރަން މަސައްކަތް ކުރަން ކުޅުންތެރިންނާއި މެނޭޖަރުންނަށް އިންވެސްޓް ކުރަނީ. ޕްރޮފައިލާއި ވާދަވެރިކަމާއި ފައިދާގެ ރޭންކަު ދާގޮތުން އަހަރެމެންނަށް [ޕްރިމިއާ ލީގަށް] ލިބިފައިވާ މަގާމަށް ދާން 30 އަހަރު ހޭދަވެއްޖެ،" ރިޗަޑް މާސްޓާސް ބުންޏެވެ.
""އަހަރެން މިވަގުތު މާ ބޮޑު ކަންބޮޑުވުމެއް ނޯންނާނެ، އެކަމަކު ހަމަ ޔަގީނުން ވެސް އެހެން ލީގަކުން ކުޅުންތެރިން ގަތުމުގެ ހައްގު ސައޫދީ އަރަބި ކްލަބްތަކަށް ވެސް އެބައޮތް. މިހާރު ޕްރިމިއާ ލީގަކީ އާމްދަނީގެ ގޮތުން އަހަރަކު ހަ ބިލިއަން ޕައުންޑުގެ އޮޕަރޭޝަނެއް. އެ ފައިސާ އަލުން ދަނޑަށް އިންވެސްޓް ކުރަނީ. ހުރިހާ ރަނގަޅު ލީގެއްގައި ވެސް ފައިދާ ހުންނަން ޖެހޭނެ ބެކްއަޕްގެ ގޮތުގައި ވެސް ބޭޏުން ކުރަން."
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ލީގު ހޯދާވަރުގެ ފެންވަރެއް އާސެނަލްގައި ނެތް: އާޓެޓާ
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
މި ސީޒަނުގައި ސިޓީގެ އެންމެ މޮޅު 45 މިނެޓު
ޕްރިމިއާ ލީގުގެ ރެފްރީންނަކީ ނަމޫނާއެއް: ސީއެފްއޯ
ޕޮޓާއަށް ފެންވަރު ދައްކާލައި ޗެލްސީ އަލުން ހަތަރަކަށް
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު