27 ޖުލައި 2023
ދުނިޔޭގެ ފަސްވަނަ އަށް އެންމެ ބޮޑު ޖަވާހިރު އޮތީ ދެކުނު އިންޑިއާ ސިނަމާގައި މަޝްހޫރު އަދި ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ތަރި، ތަމަންނާ ބާޓިއާގެ އަތުގައި ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް އޭނާ އިއްޔެ ދޮގުކޮށްފި އެވެ.
ދުނިޔޭގެ ފަސްވަނަ އަށް އެންމެ ބޮޑު ޖަވާހިރު އޮތީ ދެކުނު އިންޑިއާ ސިނަމާގައި މަޝްހޫރު އަދި ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ތަރި، ތަމަންނާ ބާޓިއާގެ އަތުގައި ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް އޭނާ އިއްޔެ ދޮގުކޮށްފި އެވެ.
ބައެއް ރިިޕޯޓްތައް ބުނި ގޮތުގައި، ދުނިޔޭގެ ފަސްވަނަ އަށް އެންމެ ބޮޑު ޖަވާހިރު އަނގޮޓި އޮތީ ތަމަންނާގެ އަތުގަ އެވެ. އެއީ ދެ ކްރޯޑް ރުޕީސްގެ (20 މިލިއަން ރުފިޔާ)ގެ އަނގޮޓިއެކެވެ. އަދި އެ އަނގޮޓިއަކީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާމް ކަޗަރަންގެ އަންހެނުން، އުޕްސާނާ ކޮނިޑޭލާ 2019 ވަނަ އަހަރު ތަމަންނާ އަށް ހަދިޔާކުރި އެއްޗެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ ވާހަކަ ދެކެވެން ފެށީ ތަމަންނާ ޖަވާހިރު އަނގޮޓިއެއް އަޅައިގެން ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
އެކަމަކު ތަމަންނާ އެ ހުރިހާ ވާހަކައެއް ދޮގުކުރި އެވެ.
ތަމަންނާގެ އިންސްޓަގްރާމް ސްޓޯރީ.
އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނީ އެއީ އޭނާ ކުޅުނު އިސްތިހާރަކަށް އެޅި، ފުޅީގެ މަތި ނަގަން ގެންގުޅޭ "ބޮޓަލް އޯޕެނާ"އެއް ކަމަށެވެ. އަނގޮޓިއެއް ގޮތަށް އިންނަ އެ ބޮޓަލް އޯޕަނާގައި އިނީ އަސްލު ޖަވާހިރެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
ތަމަންނާ އެންމެފަހުން ފެނުނީ މި މަހު ނުކުތް ބޮލީވުޑްގެ އެންތޮލޮޖީ ފިލްމު ސީރީޒް "ލަސްޓް ސްޓޯރީސް 2" އިންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެންނާނީ ތެލުގޫ ފިލްމެއް ކަމަށްވާ "ބޯލާ ޝަންކަރު" އަދި ރަޖުނީކާންތުއާ އެކު ކުޅޭ "ޖެއިލާ" އިންނެވެ.
ތުރިޕްތީގެ އިންސްޓަ ފޮލޮވާސްގެ އަދަދު ދެ މިލިއަނަށް
މިއީ ވެސް ހަމަ "ސްރީދޭވީއެއް"
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
މިއީ ޝާހްރުކެއް ނޫން، އޭނާގެ ބޮޑު ފޭނެއް
ސުޝާންތާ ވައްތަރުގެ މީހަކަށް ސަމާލުކަން
ފަޒާލް އާއި ރިޗާގެ ދަރިފުޅުގެ ފޮޓޯއެއް
ކެޓްރީނާ ބަލިވެއިން ވާހަކަ ވިކީ ދޮގުކޮށްފި
ސައިފް އިންސްޓަގްރާމްގައި ސިއްރު އެކައުންޓެއް ގެންގުޅޭ
މަންމައެއް ގޮތަށް އުޅެވޭތީ ސާރާ މާފަށް އެދިއްޖެ
އަލްކާ އަށް އަޑުއިވުމުގައި މައްސަލައެއް