މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް އެންގި އެންގުން ބާތިލް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
29 ޖޫން 2022
މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް އެންގި އެންގުން ބާތިލް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން އެމްސީބީން 2018 ވަނަ އަހަރު އަލީ ޒާހިރަށް އެންގެވީ އޭނާ ޗެކެއް ދޫކުރެއްވުމުން އޭނާގެ އެކައުންޓްގައި އެވަރަށް ފައިސާ ނެތީސް، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ޗެކަށް ފައިސާ ދޫކުރުމުންނެވެ.
އަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކެކެވެ.
އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ބޭންކް ސްލިޕް ލިބުމުންނެވެ. އެކަމަކު އޭރު ފައިސާ ޖަމާ ނުވިޔަސް، ބޭންކުން ޗެކަށް ފައިސާ ދޫކުރި އެވެ. އަދި ފަހުން އޭނާއަށް އެންގެވީ 2.3 މިލިއަން ރުފިޔާ އޭނާ ދައްކަވަން ޖެހޭނެ ކަމަށެވެ. އޭނާ ކޯޓަށް ހުށަހެޅުއްވީ ބޭންކުގެ އެންގުން ބާތިލް ކުރުމަށެވެ. ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ހުކުމްކުރީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ. އަދި ބޭންކުން އޯވްޑްރާފްޓްގެ ގޮތުގައި ދޫކުރި ފައިސާއަކީ އޭނާ ދައްކަވަންޖެހޭނެ ފައިސާ ކަމަށް ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
"އަލީ ޒާހިރު ދޫކުރި ޗެކެއް ޕްރޮސެސްކޮށް، އަލީ ޒާހިރުގެ ކަރަންޓް އެކައުންޓުން އޯވަޑްރޯކުރި ފައިސާއަކީ ބޭންކުން އަލީ ޒާހިރަށް ދިން ފްރީ ގިފްޓެއް ކަމުގައި ބެލެވެން ނެތް،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރުޝުއައިބު ހުސެއިން ޒަކަރިއްޔާގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓިޔަސް، ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ އެ ފައިސާއަށް އަލީ ޒާހިރު ޒިންމާ ނަންގަވަން ނުޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ދޫކުރެވުނީ ބޭންކުގެ އިހުމާލުން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
ދެ މިލިއަންގެ މައްސަލާގައި އަލީ ޒާހިރު ސުޕްރީމް ކޯޓަށް
އެކައުންޓުގައި ހުރި ވަރަށްވުރެ އިތުރަށް ދިނުމަކީ ދަރަނި
އެރިޔަދޫ ވިއްކާލަން ހުއްދަ ދީ ކުރި ހުކުމް ރަނގަޅު
އަލީ ޒާހިރަށް 2.3 މިލިއަންގެ މައްސަލަ ކާމިޔާބެއްނުވި
ބީއެމްއެލްއިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް
ބޭންކްރަޕްސީ ގާނޫނެއް މުހިއްމު: މެމްބަރުން
އޭޝިޔާގެ ބޭންކްތައް ރިފޯމް ނުކުރުމަކީ ނަސީބެއް!
ދައުވާ ލަސްވި މުއްދަތަށް އިންޓްރެސްޓާއި ޖޫރިމަނާ ނުދިން
"ޝަރޫ އާއި އެމްސީބީއަށް ކުރި ހުކުމް ރަނގަޅު"