ސްރީ ލަންކާގައި ނިމިގެން އެ ގައުމުގެ، 101 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.
01 އޯގަސްޓް 2023
ސްރީ ލަންކާގައި ނިމިގެން އެ ގައުމުގެ، 101 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮލަމްބޯގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ އާމިނަތު ލަޔާނާ މުހައްމަދާއި ހައްވާ މުޒްނާ ފާއިޒްގެ އިތުރުން އައިޝަތު ނާދު އަސަދު ވަޖުދީ އަދި ޒިވާ މޫސާ ޝަފީއު ހިމެނޭ ޓީމުން މުގުރާލާފައި ވަނީ އަންހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގެ ރެކޯޑެވެ. މި ދުވުންތެރިން އިވެންޓް ނިންމާފައި ވަނީ ހަތަރު މިނިޓް 6.62 ސިކުންތުންނެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ، 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި އަފާ އިސްމާއިލް، ޝަމްހާ އަހުމަދު، އާމިނަތު ނަޒްރާ އަދި މިރުފަތު އަހުމަދު އަތުގަ އެވެ. އެ ގޭމްސްގައި ރެކޯޑް ހެދީ ހަތަރު މިނިޓް 18.11 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.
ޒިވާ އާއި ނާދު އަދި ލަޔާނާ ވަނީ 200 މީޓަރު އިވެންޓުގައި ވެސް ވާދަ ކޮށްފަ އެވެ. ތިން ދުވުންތެރިން ވެސް ވަކިވަކި ހީޓްގައި ވާދަކުރި އިރު، ޒިވާ ހީޓް ނިންމީ އެއް މިނިޓް 0.33 ސިކުންތުންނެވެ. ނާދު ދުވި ހީޓް ފުރިހަމަ ކުރީ އެއް މިނިޓް 2.47 ސިކުންތުންނެވެ. އަދި ލަޔާނާ ފުރިހަމަ ކުރީ އެއް މިނިޓް 0.04 ސިކުންތުންނެވެ.
އަންހެން ހަތަރު ދުވުންތެރިންގެ އިތުރުން ފިރިހެން ހަތަރު ދުވުންތެރިން ވެސް ވަނީ ލަންކާ މުބާރާޓުގައި ދުވެފަ އެވެ. އެއީ ހުސައިން ޒީކް ސުއާދު، އާދަމް ރިއްފަތު، ޒުއިޒް މުހައްމަދު ސުއާދު އަދި އަބްދުއްރަޝީދު އިސްމާއިލް (ރައްޓު) އެވެ.
ރިއްފަތު ވަނީ 200 މީޓަރު އިވެންޓުގައި ވާދަކޮށް 22.7 ސިކުންތުން ހީޓް ނިންމައިފަ އެވެ. ޒުއިޒް އާއި ޒީކް އަދި ރައްޓު ވަނީ 400 މީޓަރު އިވެންޓުގައި ދުވެފަ އެވެ. ޒުއިޒް ދުވި ހީޓް 51.15 ސިކުންތުން ފުރިހަމަ ކުރިއިރު، ޒީކް ދުވި ހީޓް ނިންމީ 51.14 ސިކުންތުންނެވެ. އަދި ރައްޓު ހީޓް ނިންމީ 51.22 ސިކުންތުންނެވެ.
މި ހަތަރު ދުވުންތެރިން ވަނީ ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ވެސް ދުވެފަ އެވެ. މި އިވެންޓު ރާއްޖޭގެ ޓީމް ފުރިހަމަ ކުރީ ތިން މިނިޓް 25.81 ސިކުންތުންނެވެ.
ހަތަރެއް ގުނަ 400 މީޓަރު މިކްސްޑް ރިލޭ އިވެންޓުގައި ދުވީ ޒުއިޒް އާއި ޒީކް އަދި ޒިވާ އާއި ލަޔާނާ އެވެ. މި ޓީމުން އިވެންޓް ފުރިހަމަ ކުރީ ތިން މިނިޓް 49.12 ސިކުންތުންނެވެ.
ރާއްޖޭގެ އަށް ދުވުންތެރިންގެ އިތުރުން އިންޑިއާގެ 13 ދުވުންތެރިން ވެސް މި މުބާރާތުގައި ވާދަކުރި އެވެ.
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
ރެކޯޑަކާ އެކު އެންމެ މޮޅު އެތުލީޓްގެ އެވޯޑް ފަސޫހާއަށް
އުފަން ދުވަހު، ފަސޫހާ ގައުމީ ރެކޯޑް މުގުރާލައިފި
އޮލިމްޕިކްސްއަށް ފޮނުވުމުގައި ބޭއިންސާފެއް ނުވަން
މުގުރާލަން އުނދަގޫ 100 މީޓަރުގެ ރެކޯޑް ރޫޔާ އަށް
5000 މީޓަރު ރެކޯޑް މިފަހަރުވެސް ޝަމްހާ މުގުރާލައިފި
އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު މެއި 24 ގައި
ލަންކާ ގައުމީ އެތުލެޓިކްސް މުބާރާތުގައި ދިވެހި ޓީމެއް
އޭޝިއަން ޗެމްޕިއަންޝިޕްގައި ޔޫތު ރެކޯޑް އަހްނާއަށް
މުންތޭގެ އަގުވަޒަންކޮށް، ރެފްރީ އަޒީލް އަށް ކުރިއެރުން